އައްސޭރި ޖަލާ ހަވާލުވެ ހުރި، ސުޕްރިޓެންޑެންޓް އޮފް ޕްރިޒަން މުހައްމަދު ޝާހީން ސަސްޕެންޑް ކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ކަރެކްޝަންސްގެ މީޑިއާ އޮފިސަރު އާމިނަތު ޔުސްރީން އަހުމަދު ވިދާޅުވީ، އައްސޭރި ޖަލު ހިންގުމާ މިވަގުތު ހަވާލުވެ ހުރި ފަރާތް ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ސަސްޕެންޑް ކޮށްފައި ވަނީ ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ މައްސަލަ އެއްގައި ރޭގެ ވަގުތެއްގައެވެ.

އެއީ މި އަހަރުގެ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ އައްސޭރި ޖަލުގެ ވަށާ ފާރާއި ރިހިބިލިޓޭޝަން އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްގެ ތެރެއިން ކަމާ ނުގުޅޭ ގުދަނެއް ހުއްދަ ނެތި އެޅުމުގެ މަސައްކަތް ކޮށްފައި ވާތީ އާއި ޕްރިސް ވޯޓާ އިން ބަލަހައްޓަމުންދާ ޕްލާންޓް ގެއާއި އިންވެގެން އެކްސްޓެންޝަން މަސައްކަތެއް ހުއްދަ ހޯދުމެއް ނެތި ކުރަމުން ދާ މައްސަލައެއް ގައި ކަމަށްވެސް މައުލޫމާތު ލިބިފައި ވެއެވެ.

އަދި އެ މައްސަލައިގެ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވަނީ އެއީ މިހާރު ތަހުގީގު ކުރެވެމުންދާ މައްސަލައަކަށް ވާތީ ކަމަށް ވަނީ އެނގިފައެވެ.

މި ކަމާ ގުޅިގެން ޝާހީންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.