ތ. ވޭމަންޑޫ އިން ފުރަބަންދުގައި ހުރި އަންހެނަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ

ހެލްތު ޕްރިޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ތ. ވޭމަންޑޫން 54 އަހަރުގެ ދިެހި އަންހެނެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭނާއަކީ އެ ރަށުގައި ފުރަބަންދުގައި ހުރި މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

ވޭމަންޑޫން މިއަދު ކޮވިޑް ކޭސްއެއް ފެނިފައިވާ އިރު އެ ރަށާ ދާދި ކައިރީގައި އޮންނަ ތ. ތިމަރަފުށިން ވެސް ވަނީ މީގެ ކުރިން ކޮވިޑް ޕޮޒިޓިވް ކޭސެއް ފެނިފައެވެ. އެ ކޭސް ފެނިފައި ވަނީ މިދިޔަ މަހުގެ 20 ވަނަ ދުވަހުއެވެ. އެއީ އުމުރުން 38 އަހަރުގެ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހެކެވެ.

މިއަދު ވޭމަންޑޫން ކޮވިޑް ޕޮޒިޓިވް ކޭސްއެއް ފެނިފައިވާއިރު ރ. ދުވާފަރުންވެސް ވަނީ 23 އަހަރުގެ އަންހެނަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

ހަމައެއާއެކު ހޯޑެއްދޫން 18 އަހަރުގެ ދިވެހި ދެ ފިރިހެނުން ވަނީ މިއަދު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ޅ. ނައިފަރުން ބިދޭސީއަކާއި ނ. މަނަދޫން ދިވެހި ފިރިހެނެއްވެސް މިއަދު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.