މިއަދުން ފެށިގެން ރާއްޖެއިން ބޭރުން އަންނަ ދިވެހި ރައްޔިތުންގެ ޕީސީއާރް ސެޓިފިކެޓް ބޭނުން ނުވާނެ ކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖެ މިއަދުން ފެށިގެން ރާއްޖެ އަންނަ ދަތުރުވެރިން އޮން އެރައިވަލް ޕީސީއާރު ސެޓިފިކެޓު ހުށަހަޅަން ޖެހުނު ނަމަވެސް މީގެ ތެރޭގައި ދިވެހިން ނުހިމެނޭ ކަމަށެވެ.

ރާއްޖެ އެތެރެވާއިރު ހުށަހަޅާ ޕީސީއާރު ޓެސްޓު ސެޓިފިކެޓުގައި ޓެސްޓު ހެދި ލެބޯޓްރީގެ ނަމާއި އެޑްރެސް، ތާރީހު، އަދި ސެޓިފިކެޓުގެ ދޫކުރި ފަރާތުގެ ނަމާއި ސޮއި އޮންނަން ޖެހޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.

ރާއްޖެ އެތެރެވާއިރު ޕީސީއާރު ސެޓިފިކެޓު ހުށަހަޅަން ނުޖެހޭ މީހުންގެ ތެރޭގައި ހިމެނެނީ:

  • ދިވެހި ރައްޔިތުން
  • ސައްހަ ވޯކްވިސާ ނުވަތަ އެމްޕްލޮއިމެންޓް އެޕްރޫވަލް އޮންނަ މީހުން
  • ރާއްޖޭގެ ރެޒިޑެންޓް ޕާމިޓް އޮންނަ މީހުން
  • ފްލައިޓް ކްރޫއެއް އަހަރުން ދަށުގެ ކުޑަކުދިން

ޕީސީއާރު ސެޓިފިކެޓު ހުށަހަޅަން ޖެހޭނީ ރާއްޖެ އަންނައިރު ފުރިހަމަކުރާ ހެލްތު ޑިކްލަރޭޝަން ފޯމާއެކު، އިމުގާ ޕޯޓަލް މެދުވެރިކޮށް ކަމަށްވެސް އިމިގްރޭޝަނުން ބުނެފައި ވެއެވެ.

ސެޕިޓެމްބަރު 10 ވަނަ ދުވަހުން ފެށިގެން ރާއްޖެ އަންނަ ފަތުރުވެރިންނާއި ކުރު މުއްދަތަށް ރާއްޖެ އަންނަ ފަރާތްތަކަށް ކޮވިޑް-19 އަށް ނެގެޓިވް ޕީސީއާރް ޓެސްޓެއް އޮތުން އެޗްޕީއޭއިން ވަނީ މަޖުބޫރުކޮށްފައެވެ.

ތިން މަސް ދުވަހަށް ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހު ހުޅުވި ފަހުން އެކި ގައުމުތަކުން ދަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތްކުރަމުންނެވެ.