ކަރަންޓީނު ފެސިލިޓީތަކުންނާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލަން އުޅެނިކޮށް ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފައިވައިރު، އެމީހުން އަދިވެސް ފެނިފައި ނުވާ ކަމަށް ފުލުހުން ބުނެފޮއެވެ.

މި 11 މީހުންނަކީ ވެސް ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. ފުލުހުން ވަނީ މި މީހުންގެ ހޯދުމަށް އާންމުންގެ އެހީއަށް އެދި، އެ މީހުންގެ ފޮޓޯއާއި ނަން، އަދި ޕާސްޕޯޓް ނަންބަރު ވެސް އާންމުކޮށްފައެވެ.

އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ:

  • ރޮޕަކް ކުރި، ލަކްސްމިޕޫ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،
  • ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)،
  • އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،
  • އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،
  • ސުމޮން އަޙްމަދު ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،
  • ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)،
  • މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،
  • މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،
  • އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،
  • ޚޯކޮން މާލިކު، ޗަންދުޕޫ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،
  • ޝަހާދަތު ޙޮސައިން، ޗަންދުޕޫ، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.

ފުލުހުން ވަނީ އެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.

އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެެވެ.

މިފަދައިން އެކި މައްސަލަތަކުގައި ފިލަިއގެން އުޅޭ ބިދޭސީން ހޯދުމަށް ފުލުހުން ވަނީ ކުރިން ވެސް އިއުލާންތައް ނެރެފައެވެ. އެގޮތުން، ކަރަންޓީނު ފެސިލިޓީތަކުން ފިލައިގެން އުޅޭ މީހުންނާއި، ކޮވިޑް-19 އަށް ޕޮޒިޓިވް ވުމުން ފިލަިއގެން އުޅޭ މީހުންގެ އިތުރުން، އެކިއެކި ކުށްތަކަށް އަރައިގަތުމަށް ފަހު ފިލައިގެން އުޅޭ މީހުންނާއި، އެކި ސަބަބުތަކާ ހުރެ އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލަން އުޅުމުން ފިލަިއގެން އުޅޭ މީހުން ހިމެނެއެވެ.