މާލޭގެ 3 ގެއެއް ބަލާ ފާސްކޮށް، 3.3 ކިލޯގެ މަސްތުވާތަކެއްޗާއި، 57000 އަށްވުރެ ގިނަ ރުފިޔާއާ އެއްކޮށް ދެ ޒުވާނަކު ހައްޔަރުކޮށްފިއެވެ.

މާލޭގެ 3 ގެއެއް ބަލަފާސްކޮސް ހިންގި މި އޮޕަރޭޝަން ކުރިއާށް ގެންދިޔައީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން، ޑްރަގް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ. އެގޮތުން މި އޮޕަރޭޝަން ކުރިއަށް ގެންގިސްފައި ވަނީ އިއްޔެ ހަވީރު 6:15 ހާއިރެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 26 އަހަރުގެ ދެ ފިރިހެނުންނެވެ. މިދެމީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ގަލޮޅު ގެއަކާއި މާފަންނު ދެ ގެއެއް ބަލައި ފާސްކޮށްފައިވެއެވެ. އެގޮތުން މާފަންނުން ފުލުހުން ބަލައިފާސްކުރި ދެ ގޭގެ ތެރެއިން އެއްގެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި 84 ދަޅާއި ރަބަރު ޕެކެޓަކާއި ޖޫސްޕެޓީ ދެ ކޮތަޅުގެ އިތުރުން 2،750 ރުފިޔާ ފެނިފައިވެއެވެ.

ދެވަނައަށް ބަލާފާސްކުރި ގެއިން ފެނިފައި ވަނީ 54،800 ރުފިޔާއެވެ. ތިން ވަނައަށް ބަލާފާސްކުރި ގަލޮޅުން ގެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ތިން ދަޅާއި ދެ ޖޫސްޕެޓީ ކޮތަޅު ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި ހޯދާފައިވާ މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 3.301 ކިލޯގްރާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.