މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝިއަންގެ އޮފީސް ހިންގަމުންދާ އިމާރާތް ބަދަލުކޮށްފިއެވެ.

ޓްރާންސްޕޯޓުން ބުނީ، މީގެ ފަހުން ޓްރަންސްޕޯޓް އެން ސިވިލް އޭވިއޭޝަން ހިންގަމުން ދާނީ މަޖީދީ މަގުގައި ހުންނަ މ. ޗަނބޭލީވިލާ (ކުރީގެ ސްޓާ ސިނަމާ އިމާރާތް) ގެ 3 ވަނަ ފަންގިފިލާގައި ކަމަށެވެ. އަދި އެ އިމާރާތަށް މަސައްކަތް ބަދަލުކޮށްފައި ވަނީ މިއަދުން ފެށިގެން ކަމަށް ވެސް ޓްރާންސްޕޯޓުން ބުނެއެވެ.

ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝިއަންގެ އޮފީސް އެ މ. ޗަނބޭލީވިލާގެ 3 ވަނަ ފަންގިފިލާގައި ހިނގަމުން ދާއިރު، ރީޖަނަލް އެއާޕޯޓްސް ހިންގަމުން ދާނީ އެ އިމާރާތުގެ ދެ ވަނަ ފަންގިފިލާގައެވެ. އަދި ޓްރާންސްޕޯޓް އޮތޯރިޓީ ހިންގަމުން ދަނީ އެ އިމާރާތުގެ ފުރަތަމަ ފަންގިފިލާގައެވެ.

މީގެ ކުރިން ރީޖަނަލް އެއާޕޯޓްސް އާއި ޓްރާންސްޕޯޓު މިނިސްޓްރީ ހިންގަމުން ދިޔައީ ވެލާނާގޭގައެވެ.