ގދ. ތިނަދޫގައި ހުންނަ "ހުވަދޫ ސަރަހައްދީ މިއުޒިއަމް" އިން ވައްކަން ކޮށްފިއެވެ.

ފުލުހުން ބުނީ ތިނަދޫގައި ހުންނަ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ "ހުވަދޫ ސަރަހައްދީ މިއުޒިއަމް" އިން ފައިސާ ތަކާއި ކޮމްޕިއުޓަރު ސިސްޓަމެއް ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

އެމައްސަލަ ފުލުހުންނަަށް ހުށަހަޅާފައިވަނީ ރޭ 9:40 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެމައްސަލަ އާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ގެއެއް ބަލައި ފާސްކޮށް ކޮމްޕިއުޓަރު ސިސްޓަމްގެ ސިސްޓަމް ޔުނިޓުގެ ކީބޯޑު އަދި މައުސް ހޯދާފައިވާ ކަމަށެވެ.

އެމައްސަލަ އާ ގުލިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.