ށ. މިލަންދޫގައި ހޯމް ކަރަންޓީނު ވެގެން ހުރި ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓީވްވެފައިވާ ކަމަށް އެރަށު ކައުންސިލުން ބުނެފިއެވެ.
މިލަންދޫ ކައުންސިލުން ބުނީ، ޕޮޒިޓިވްވެފައ ވަނީ މިލަންދޫ ފާމަސީ އެއްގައި މަސައްކަތް ކުރާ ބިދޭސީއެއް ކަމަށެވެ. އަދި އޭނާ އެރަށުގެ އިތުރު އެއްވެސް ފަރާތަކާއި ކޮންޓެކްޓް ވެފައި ނުވާ ކަމަށް ކައުންސިލުން މައުލޫމާތުދެއެވެ.
ރޭގެ ވަގުތެއްގައި ނިލަންދޫން ހޯމް ކަަރްނޓީނުަގއި ހުރި މީހަކު ޕޮޒިޓިވްވެފައިވާއިރު، ރޭ 6:00 އާ ހަމައަށް 24 ގަޑިއިއރު ތެރޭ ވަނީ 125 މީހަކު ޕޮޒިޓިވްވެފައެވެ. އެއީ 112 ދިވެހިންނާއި 13 ބިދޭސީންނެވެ. އޭގެ ތެރެއިން 106 މީހުންނަކީ މާލެ ސަރަހައްދުން ޕޮޒިޓިވްވި މީހުންނާއި ގދ. ހޯޑެއްދޫ އިން ޕޮޒިޓިވްވި 19 މީހުންނެވެ. މާލެ ސަރަހައްދުގައި ގަދައަށް ބަލި ފެތުރެމުންދާއިރު، ހޯޑެއްދޫގައި ވެސް ބަލި ފެތުރުމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެވެ.
މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން މިހާރު އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2629 މީހެކެވެ. އޭގެ ތެރެއިން 168 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1235 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަ ތިއްބެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8486 އަށް އަރާފައި ވާއިރު އޭގެތެރެއިން 5822 މީހުން ރަނގަޅުވެ، 29 މީހަކު ވަނީ ނިޔާވެފައެވެ. އަދި ޕޮޒިޓިވްވެފައި ވަނިކޮށް 6 މީހަކު ނިޔާވެފައިވައިރު، އެމީހުން ނިޔާވެފައި ވަނީ ކޮވިޑްގައި ނޫން ކަމަށް ވަނީ ނިންމާފައެވެ.