ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ރާއްޖެގެ ކަނޑުތައް ގަދަވާނެ ކަމަށާއި ރާޅުގެ އިސްމިނުގައި 4 ފޫޓާއި 7 ފޫޓޫ ހުންނާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ ރާއްޖޭގެ ބޮޑުބަޔަކަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ކަނޑުތައް ގަދަ ވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި 4 ފޫޓާއި 7 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ދިޔަވަރު ބޮޑު ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެން ވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވުން އެކަށީގެން ވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެއެވެ. އެ ގޮތުން މިހާރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވަނީ ވައިޓް އެލާޓް ނެރެފައެވެ. ޅ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާ ހަމައަށް ވައިޓް އެލާތް ނެރެފައި ވަނީ މިއަދު ހެނދުނު 7 އިން ފެށިގެން މެންދުރު 12 އާ ދެމެދަށެވެ.
ބޯކޮށް ވާރޭވެހި ވައިގަދަވެ އަދި ކަނޑުތައް ވެސް ގަދަވާނެތީވެ ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކުރެއެވެ.
ކޮބައިތޯ ދިޔަވަރު ބޮޑުވާ ގަޑިތަކަކީ އެެއީ ވަރަށް މުހިންމު މައުލޫމާތެއް