ކުޅުދުއްފުށީގައި ކޮމިއުނިޓީ ސްޕްރެޑް އެއް އުޅޭތޯ ބެލުމަށް އިއްޔެ ނެގި ރެންޑަމް ސާމްޕަލްގެ ނަތީޖާ ނެގެޓިވް ވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ.

އެ ހޮސްޕިޓަލުން ބުނީ އިއްޔެ ކުޅުދުއްފުށިން 72 ރެންޑަމް ސާމްޕަލް ނަގާފައިވާއިރު އެ ހުރިހާ ސާމްޕަލްއެއްވެސް ނެގަޓިވް ވެފައިވާ ކަމަށެވެ.

ކުޅުދުއްފުށީގައި ރެންޑަމް ސާމްޕަލް ނަގަން ފަށާފައި ވަނީ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ އެރަށުން މާލެ ގެނައި މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

މޮނިޓަރިންނަށް ލުމަށްފަހު މިހާރު އާންމު ހާލަތަށް ކުޅުދުއްފުށި ގެނެސފައިވާ ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހަދާ ނިމި، މޮނިޓަރިން އިން ނަގާފައިވާ ނަމަވެސް އެކްޓިވް ކޭސްތައް އުޅޭ 41 ރަށެއް ރާއްޖޭގައި އެބަހުއްޓެވެ.

މިހާރު ރާއްޖޭގައި ހުރި އެކްޓިވް ކޭސްތަކުގެ ތެރޭގައި ހިމެނެނީ 2767 މީހެކެވެ. އޭގެ ތެރެއިން 166 މީހަކު މިހާރު ވަނީ ހޮސްޕިޓަލުގައެވެ. އަދި 1365 މީހުން ތިބީ އައިސޮލޭޝަން ފެސިލިޓީތަކުގައެވެ. މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު 8140 އަށް އަރާފައި ވާއިރު އޭގެތެރެއިން 29 މީހަކު ވަނީ ނިޔާވެފައެވެ.