ފިލައިގެން އުޅޭ 11 ބިދޭސީއަކު ހޯދަން ފުލުހުން އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.
އެ 11 މީހުންނަކީ، އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައިވަނިކޮށް ފިލާފައިވާތީއާއި، ގަވާއިދާ ހިލާފަށް އުޅޭތީ އަނބުރާ ގައުމަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންދަނިކޮށް ފިލާފައިވާ މީހުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެ މައްސަލަތަކާ ގުޅިގެން ހޯދަމުންދަނީ:
ރޮޕަކް ކުރި، ލަކްސްމިޕޫ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0938722)،
ބައްޗު، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BR0872347)،
އެމް.ޑީ ސަހަޑަ މަތުއްބަރު، ޕަރިޑްޕޫ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BH0071524)،
އެމް.ޑީ މިލޮން ޝެކް، ޖެނައިޑާހް، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0843257)،
ސުމޮން އަޙްމަދު ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0876943)،
ރަބް، ކޮމިއްލަ، ބަނގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0857437)،
މުޙައްމަދު ރުބެލް މިއަހް،ކޮމިއްލަ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BE0329984)،
މަޒްނު ޕްރަމަނިކް، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BJ0081953)،
އެމް.ޑީ ޝާހާ ޢަލީ، ރަޖްބަރީ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BM0067339)،
ޚޯކޮން މާލިކު، ޗަންދުޕޫ، ބަންގްލަދޭޝް (ޕާސްޕޯޓް ނަންބަރު: BX0536661)،
ޝަހާދަތު ޙޮސައިން، ޗަންދުޕޫ، ބަނގްލަދޭޝް. (ޕާސްޕޯޓް ނަންބަރު: BE0524543)، އެވެ.
ފުލުހުން ވަނީ އެ މީހުންނާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދިފައެވެ.
އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެެވެ.