މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ތިލަފުށީ ބޭރު ކަނޑުމަތިން، ފެނިއްޖެއެވެ.

ފުލުހުން ބުނީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިގެން މިއަދު 8:36 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށާއި އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މިހާދިސާއާ ގުޅިގެން ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލަމުންދާއިރު، މަރުވެފައި އޮއްވާ ފެނުނީ ދިވެއްސެއްކަމެއް ނުވަތަ ބިދޭސީއެއް ކަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ރ. މަޑުއްވަރީގައި މިދިޔަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު، ލަނޑާނަގާ ދޯންޏެއްގައި ވަޅިން މީހަކަށް ހަމަދީ ވަނީ ޒަހަމް ކޮށްލުމަށްފަހު މޫދަށް އެއްލާލާފައިވާ ހާދިސާއެއް ވަނީ ހިނގާފައެވެ.