ޖަނަވަރީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެ އަނދަމުން އެބަދެއެވެ.

އެހާދިސާ ހިނގާފައިވަނީ މިއަދު 1:15 ހާއިރުއެވެ. އަދި އެއަލިފާންގަނޑު 1:30 ހާއިރު ނިއްވާލާފައިވާ ކަމަށް އެމްއެންދީއެފުން ވަނީ ބުނެފައެވެ. އެހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.‏

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އޭސީ އިންޑޯގައި ރޯވެގެން ކަމަށް އެމްއެންދީއެފުން ވަނީ ބުނެފައެވެ. އަލިފާން ރޯވެފައިވަނީ ކޮން ފިހާރައެއްގައި ކަމެއް އެމްއެންޑީއެފުން ބުނެފައެއް ނުވެއެވެ. ‏

މިދިޔަ ހުކުރު ދުވަހު ވެސް ވަނީ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެހާދިސާގައި އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި ހުންނަ އިމާރާތާ ޖެހިގެން ހުންނަ އިމާރާތެވެ.‏

އެހާދިސާ އާ ގުޅިގެން އެކެފޭ ވަނީ އަދާ ހުލިވެފައެވެ. އަދި އެސްއައިބީއަށް އަދި އެސަރަހައްދުގައި ހުންނަ އުރީދޫ އޮފީހަށް ވެސް ވަނީ ގެއްލުން ލިބިފައެވެ.