އިމާރާތެއްގެ މަތިން ބެރިއެއްގެ ބައެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ މއ. ގޮމަށިގެ މަތިން ބެރިއްގެ ބައެއް މަގުމައްޗަށް ވެއްޓި މީހަކަށް އަނިޔާވުމާ ގުޅިގެން އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މިއަދު 10:40 ހާއިރު ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެހާދިސާ އާ ގުޅިގެން ބަލަން ޖެހޭ ކަންކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ބަލަމުންދާ ކަމަށެވެ.

ހަދަމުންދާ އިމާރާތްތަކުން އެއްޗެހި ވެއްޓި މަގުމަތިން ހިނގާފައި ދާ މީހުންނަށް އަނިޔާ ވުމާއި، މަސައްކަތް ކުރާ މީހުންނަށް އަނިޔާވުން ފަދަ ހާދިސާތައް ވަނީ އާންމު ވެފައެވެ.

އެފަދަ ހާދިސާތަކުގެ ތެރޭގައި މީހުންގެ މަރުވާ ހާދިސާތައް ވެސް ހިމެނެއެވެ. އޭގެ ސަބަބުން، އިމާރާތް ކުރާ މިފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް، ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.