އއ ތޮއްޑޫގައި ހާއްސައެހީއަށް ބޭނުންވާ އަންހެނަކަށް ޖިންސީ ގޯނާކޮށްފިއެވެ.

މިކަމާ ގުޅިގެން ފުރުހުން ބުނީ، ތޮއްޑޫގައި ހާއްސައެހީއަށް ބޭނުންވާ 31 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލަ އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލާގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ، 43 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކު ކަމަށެވެ. މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހާއްސައެހީއާށް ބޭނުންވާ މީހަކަށް ޖިންސީ ގޯނާކުރި މައްސަލާގައި މިއަދު މީހަކު ހައްޔަރުކޮށްފައިވާއިރު، ދާދި ފަހުން ވެސް މިފަދަ ހާދިސާއެއް ވަނީ ހިނގާފައެވެ. އެގޮތުން މިދިޔަ ޖުލައި މަހު 31 ވަނަ ދުވަހު، އައްޑޫ ސިޓީގައި ވަނީ ހާއްސަ އެހީއަށް ބޭނުންވާ އުމުރުން 48 އަހަރުގެ އަންހެނަކު ރޭޕް ކޮށްފައެވެ.

އަދި އެ މައްސަލާގައި ދެ ޒުވާނަކު ހައްޔަރުކޮށްފައިވާއިރު، އެމީހުން އެކަމަށް އިއުތިރާފުވެފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ އިރު، ޖިންސީ ގޯނާއާއި، ފުރައްސާރައިގެ އިތުރުން ރޭޕް ގެ މައްސަލަތަކަކީ، ރާއްޖޭގައި ގިނަ ވަމުން ދާ މައްސަލަތަކެކެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާއާއި، ފުރައްސާއިގެ މައްސަލަތައް އިތުރުކަން ފާހަގަ ކުރެވެއެވެ.