މަރުވެގެން ހުޅުމާލެ ހޮސްޕިޓަލަށް ރޭ ގެންދިޔަ ޒުވާނެއްގެ މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ބުނީ ރޭ 11:42 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަ އަންހެނެއް، ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް ހުޅުމާލެ ހޮސްޕިޓަލުން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މަރުވެފައި ވަނީ 21 އަހަރުގެ އަންހެނެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނައިރު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ ހދ މަކުނުދޫ އަށް ނިސްބަތްވާ ޒުވާނެކެވެ.