ހެންވޭރުގައި އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގެންފިއެވެ.
ރައީސް ސޯލިހުގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް އަދި ގިނަ މިނިސްޓަރުން ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ހޮޓާ ހުރި އިމާރާތުގައެވެ.
އަލިފާންގަނޑު ފެތުރުން މިހާރު ކޮންޓްރޯލު ކޮށްފައިވާއިރު މިހާތަނަށް އެއްވެސް މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.އަދި އެސަރަހައްދުގައި އުޅޭ މީހުން ރައްކާތެރި ސަރަހައްދުތަކަށް ގެންގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވަނީ ބުނެފައެވެ.
އެމްއެންޑީއެފުން މައުލޫމާތު ދޭގޮތުގައި އަދިވެސް އެސަރަހައްދުގައި ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެމްއެންޑީއެފް ފަޔާ ޓީމުގެ އިތުރުން މިހާރު އެސަރަހައްދުގައި އެއާޕޯޓް ފަޔާ ޓީމުން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.