ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަނީ
ބޮޑުތަކުރުފާނު މަގު ބޭންކު ކައިރީގައި ހުރި އިމާރާތެއްގައި ރޯވެ އަނދަމުން އެބަދެއެވެ. އެމްއެންޑީއެފުން ބުނީ މިހާރު ކައިރީގައި ހުރި އިމާރާތުން މީހުން ހުސްކުރަމުން ދާ ކަމަށެވެ.
އަލިފާން ރޯވެފައި ވަނީ ހެންވޭރު ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތާ ޖެހިގެން ހުންނަ ކެފޭ ޓިއޯލޯ ރެސްޓޯރަންޓް ހުރި އިމާރާތުގައެވެ. އެއީ އެސްބީއައި އާ އިންވެގެން ހުންނަ ތަނެކެވެ.
މިހާރު ރޯވެފައި ވާ އަލިފާންގަނޑު ނިއްވުމަށް އެމްއެންޑީއެފުން މަސައްކަތް ކުރާ އިރު، އުރީދޫއާއި އެސްބީއައި ހުންނަ އިމާރާތުގައިވެސް ވަނީ އަލިފާން ހިފާފައެވެ.
މިހާދިސާގައި މީހަކަށް އަނިޔާއެއް ވި ކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.
މިހާދިސާއާ ގުޅިގެން އަލިފާން ރޯވެފައިވާ ސަރަހައްދަށް އާންމުން ނުދިއުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ. އަދި އެ ސަހަރައްދުގައި ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކޮންޓެކްޓް ވެފައި ތިބި މީހުން ތިބި ނަމަ އެޗްޕީއޭގެ ނަންބަރަށް ގުޅުމަށްވެސް ވަނީީ އިލްތިމާސް ކޮށްފައެވެ.
އަލިފާން ފުރަތަމަ ރޯވި ކަމަށް ބެލެވޭ ޓިއޯލޭ ކެފޭ އެއްކޮށް އަނދާ ހުލިވެއްޖެއެވެ. މިހާރު އަލިފާންގަނޑު ރޯގެ އަދަމުން ދަނީ ޖެހިގެން ހުރި ހ. ސަންލީޓް އިމާރުގައެވެ.
އިތުރަށް ވިދާޅުވޭ...
29 August 2020, 00:38
ނިމާ ހަސަން
29 August 2020, 00:33
ނިމާ ހަސަން
29 August 2020, 00:32
ނިމާ ހަސަން
29 August 2020, 00:29
ނިމާ ހަސަން
29 August 2020, 00:27
ނިމާ ހަސަން
އެސްބީއައި ބިލްޑިންގެ 8 ވަނަ ފަންގިފިލާގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވިއްޖެ
29 August 2020, 00:27
ނިމާ ހަސަން
29 August 2020, 00:27
ނިމާ ހަސަން
29 August 2020, 00:26
ނިމާ ހަސަން
އެސްބީއައި ބިލްޑިންގެ ފަންގިފިލާއެއްގައި އަނެއްކާވެސް އަލިފާން ރޯވެއްޖެ
29 August 2020, 00:22
ނިމާ ހަސަން
އަލިފާން ކޮންޓްރޯލްވުމާއެކު، ކައިރީގައި ހުރި ގެތަކުގެ ތެރެއިން އަލިފާނުގެ އަސަރު ނުކުރާ ގެތަކުގެ މީހުން ދަނީ އަނބުރާ ގެތަކަށް ވަންނަމުން
29 August 2020, 00:18
ނިމާ ހަސަން
އަލިފާނުގެ ހާދިސާއެއް ހިނގުމުން އަމަލުކުރާނެ ގޮތް ބަންގްލަދޭޝް ބަހުން
29 August 2020, 00:18
ނިމާ ހަސަން
29 August 2020, 00:16
ނިމާ ހަސަން
ރާއްޖޭގައި މުޒާހަރާ ކުރުމާއި ހިޔާލު ފާޅުކުރުމުގެ ކަންކަން އޮންނާނެ. އެކަމަކީ ސަރުކާރުން ހުއްޓުވާނެ ކަމެއް ނޫން. އެކަމަކު މިހާރު އޮތް ހާލަތުން އެއްވެ، އުޅުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސް ސޯލިހް
29 August 2020, 00:03
ނިމާ ހަސަން
އަލިފާނުގެ އަސަރެއް އުރީދޫއަކަށް ނުކުރޭ
އަލިފާން ރޯވެފައިވަނީ އުރީދޫ ހެޑްކުއާޓާސް ހުންނަ ބިލްޑިން ޖެހިގެން ހުރި ކެފޭގައި. އަލިފާންގަނޑު ވަނީ އުރީދޫ ހުންނަ ބިލްޑިންއަށް ވެސް ފެތުރިފައި
29 August 2020, 00:02
ނިމާ ހަސަން
ރެޑް ކްރެސެންޓުން ސައިކޮލޮޖިކަލް ފަސްޓްއެއިޑް ދިނުމަށް ތައްޔާރު
29 August 2020, 00:02
ނިމާ ހަސަން
ލޮކްޑައުނަކަށް ނުގޮސް ކޮވިޑުން ރައްކާތެރިވާން މިދަނީ މަސައްކަތް ކުރަމުން، އެޗްޕީއޭގެ އިރުޝާދުތަކަށް ބޯނުލަނބާނަމަ ލޮކްޑައުން ކުރަން ޖެހިދާނެ: ރައީސް ސޯލިހް
29 August 2020, 00:00
ނިމާ ހަސަން
ގާނޫނު މުގުރާލާ އެޗްޕީއޭގެ ގަވާއިދާ ހިލާފުވުމަށް ފުލުހުން ފުރުސަތެއް ނުދޭނެ، ފިޔަވަޅު އަޅާނަން: ރައީސް ސޯލިހް
29 August 2020, 00:00
ނިމާ ހަސަން
ފުލުހުންނާއި ސިފައިން ކުރި މަސައްކަތަށް ރައީސް ސޯލިހް ކުށްވެރި ކުރައްވައިފި
28 August 2020, 23:59
ނިމާ ހަސަން
ޕީޕީއެމްއިން މާސްކު ނާޅާ މުޒާހަރާ ކުރީތީ އެކަން ރައީސް ސޯލިހް ކުށްވެރިކުރައްވައިފި
28 August 2020, 23:59
ނިމާ ހަސަން
ހުރިހާ ފަރާތްތަކުން ގެއަށް ދިއުމަށް އިލްތިމާސްކުރައްވައިފި
އެޗްޕީއޭގެ އެންގުމާ ހިލާފަށް އަމަލުނުކޮށް، ހުރިހާ ފަރާތްތަކުން ގެއަށް ދިއުމަށް އިލްތިމާސްކުރަން: ރައީސް ސޯލިހް
28 August 2020, 23:58
ނިމާ ހަސަން
އެއްވެސް މީހަކަށް ގެއްލުމެއް ނުލިބުނަސް، ހާލަތެއް ދިމާވެއްޖެނަމަ، އެހީވުމަށް ކަލާފާނު ތައްޔާރު: ރައީސް ސޯލިހް
28 August 2020, 23:56
ނިމާ ހަސަން
95 ޕަސަންޓު އަލިފާން ކޮންޓްރޯލް ކުރެވިއްޖެ، ވަރަށް އަވަހަށް ނިއްވާލެވޭނެ ކަމުގެ ޔަގީން ކަން ލިބިއްޖެ: ރައީސް ސޯލިހް
28 August 2020, 23:54
ނިމާ ހަސަން
28 August 2020, 23:53
ނިމާ ހަސަން
އަލިފާނުގެ ހާދިސާއާ ގުޅިގެން 241 ކޮމިޓީގެ ބައްދަލުވުމެއް ބާއްވަން ނިންމައިފި
28 August 2020, 23:49
ނިމާ ހަސަން
28 August 2020, 23:49
ނިމާ ހަސަން
28 August 2020, 23:48
ނިމާ ހަސަން
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަލިފާން ރޯވި ސަރަހައްދަށް ވަޑައިގެންފައި
ރައީސް ސޯލިހްގެ އިތުރުން ގިނަ މިނިސްޓަރުންނާއި ނައިބު ރައީސް ވެސް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން
28 August 2020, 23:46
ނިމާ ހަސަން
28 August 2020, 23:44
ނިމާ ހަސަން
28 August 2020, 23:37
ނިމާ ހަސަން
28 August 2020, 23:36
ނިމާ ހަސަން
އެ ސަރަހައްދުގައި ތިބި ގެތަކުގެ މީހުންނަށް، މިރޭ ގޭގައި ނިދޭނެ ކަމަށް ބެލެވޭ: އިމްރާން
28 August 2020, 23:34
ނިމާ ހަސަން
ކަމާބެހޭ އިސްވެރިން ދަނީ އަލިފާން ރޯވި ސަރަހައްދުގައި ހަރަކާތްތެރިވަމުން
28 August 2020, 23:33
ނިމާ ހަސަން
އަލިފަން ރޯވި ސަރަހައްދުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވެސް ދަނީ ހަރަކާތްތެރިވަމުން
28 August 2020, 23:33
ނިމާ ހަސަން
އެ ސަރަހައްދުގައި ތިބި މީހުން ގައިދުރު ކުރުމަށް ފުލުހުން ދަނީ އިލްތިމާސްކުރަމުން: އިމްރާން
28 August 2020, 23:32
ނިމާ ހަސަން
28 August 2020, 23:31
ނިމާ ހަސަން
މިނިސްޓަރު އިމްރާން ދަނީ އެ ސަރަހއްދުގައި ހަރަކާތްތެރިވަމުން
28 August 2020, 23:30
ނިމާ ހަސަން
އެންޑީއެމްއޭ
އެންޑީއެމްއޭއިން ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭނީ އަލިފާން ނިވި، ގޭގެއަށް ވަނދެ އެސެސްމަންޓް ހެއްދުމަށްފަހު
28 August 2020, 23:29
ނިމާ ހަސަން
އިވެކުއޭޓްކޮށްފައި ތިބި މީހުން އަދިވެސް ތިބީ އެ ސަރަހައްދުގައި
އަލިފާން ނިއްވާލެވެންދެން އިވެކުއޭޓް ކުރި މީހުން ތިބޭނީ އެ ސަރަހއްދުގައި ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދޭ
28 August 2020, 23:27
ނިމާ ހަސަން
އެންޑީއެމްއޭ
އަލިފާނުގެ ހާދިސާއާ ގުޅިގެން ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓާ އެކްޓިވޭޓްކޮށްފައިވޭ. ހުރިހާ އެޖެންސީތައް ދަނީ ގުޅިގެން މަސައްކަތް ކުރަނީ
ކަލާފާނު ސްކޫލުގައި ވަނީ ސެޓަޕެއް ގާއިމްކޮށްފައި.
28 August 2020, 23:19
ނިމާ ހަސަން
އަލިފާނުގެ ހާދިސާއާ ގުޅިގެން އައިޖީއެމްއެޗްގެ އީއާރްވެސް ސްޓޭންޑްބައިގައި
28 August 2020, 23:15
ނިމާ ހަސަން
އެހީތެރިކަން ފޯރުކޮށްދިނުމަށް ރެޑް ކްރެސެންޓުން ދަނީ 3 ސަރަހައްދެއްގައި ހަރަކާތްތެރިވަމުން
28 August 2020, 23:14
ނިމާ ހަސަން
އެމްއެންޑީއެފް
އަދިވެސް ފަޔާ ޓީމުން ދަނީ ހަރަކާތްތެރިވަމުން،
މިހާރު އަލިފާން ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދޭ
28 August 2020, 23:11
ނިމާ ހަސަން
އަލިފާން ރޯވި ސަރަހައްދުގައި އަދިވެސް އާންމުން ދަނީ ހަރަކާތްތެރިވަމުން.
އާންމުން މި ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މިއީ ކާފިއު ގަޑިކަން ފާހަގަ ކުރެވޭ. ކަމާބެހޭ ފަރާތްތަކުން ދަނީ ތަކުރާރުކޮށް އެ ސަރަހައްދަށް ނުދިއުމަށް އިލްތިމާސްކުރަމުން
28 August 2020, 23:11
ނިމާ ހަސަން
ހާދިސާ ހިނގި ސަރަހައްދުގައި މިނިސްޓަރު މާރިޔާ
28 August 2020, 23:08
ނިމާ ހަސަން
އަލިފާން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލްވެފައި، ނަމަވެސް އަދިވެސް އެއްކޮށް ނުނިވޭ
28 August 2020, 23:07
ނިމާ ހަސަން
އަލިފާނާ ގުޅިގެން ޓްރީޓޮޕް އެލާޓުގައި
28 August 2020, 23:05
ނިމާ ހަސަން
އަލިފާންގަނޑު ކޮންޓްރޯލް ކުރެވިއްޖެ
ގިނަ އަދަދެއްގެ ފަޔާ ވެހިކަލް އެ ސަރަހައްދުގައި ހަރަކާތްތެރިވެފައިވާއިރު އަލިފާން ކޮންޓްރޯލް ކުރުމަށް ވަނީ ފޯމް ބޭނުންކޮށްފައި
ނަމަވެސް އަދިވެސް އަލިފާން އެއްކޮށް ނިއްވައެއް ނުލެވޭ
28 August 2020, 23:05
ނިމާ ހަސަން
އަލިފާނުގެ ހާދިސާގައި އަމަލު ކުރަންވީ ގޮތް
28 August 2020, 23:03
ނިމާ ހަސަން
އަދިވެސް އަލިފާންގަނޑު ކޮންޓްރޯލްވެފައެއް ނުވޭ. އަލިފާން ރޯވެފައިވާ ސަބަެއް އަދި ސާފެއް ނުވޭ
28 August 2020, 23:01
މާލެ ސިޓީ ކައުންސިލުން މީހުން އިވެކުއޭޓް ކުރުމުގައި ހަރަކާތްތެރިވެފައިވޭ: މޭޔަރު ޝިފާ
28 August 2020, 22:59
އަލިފާނުގެ ހާދިސާ ގައި ގެއްލުންވި ގޭގޭގެ މީހުންނަށް ކަލާފާނު ސްކޫލު ދަނީ ތައްޔާރު ކުރަމުން
އަލިފާނުގެ ހާދިސާ ގައި ގެއްލުންވި ގޭގޭގެ މީހުންނަށް ކަލާފާނު ސްކޫލު ދަނީ ތައްޔާރު ކުރަމުން