މިއަދުގެ ކޮވިޑް ނަންބަރުތަކަށް ބަލާލާއިރު، އިތުރު 104 މީހަކު ޕޮޒިޓިވްވެ، 130 މީހަކު ބަލިން ރަނގަޅުވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ވޭތުވެދިޔަ 24 ގަޑިއުތެރޭ 104 މީހަކު މި ބައްޔަށް ޕޮޒިޓިވްވެ، 130 މީހަކު މިބަލިން ރަނގަޅުވެފައިވާ ކަމަށެވެ. އެއާއެކު މި ބައްޔަށް ޕޮޒިޓިވްވި މީހުްނގެ ޖުމްލަ އަދަދު 7329 އަށް ވަނީ އަރާފައެވެ. އަދި ރަނގަޅުވި މީހުންގެ އަދަދު މިވަނީ 4691 އަށް އަރާފައެވެ.
މިއަދު މި ބައްޔަށް ޕޮޒިޓިވްވި 104 މީހުންގެ ތެރޭގައި ހިމެނެނީ، 76 ދިވެހިންނާއި ބަންގްލަދޭޝްގެ 22 މީހުންގެ އިތުރުން، އިންޑިއާގެ 5 މީހަކާއި ނޭޕާލް މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 102 މީހަކު މާލެ ސަރަހައްދުން ޕޮޒިޓިވްވެފައިވާއިރު 2 މީހަކު ޕޮޒިޓިވްވީ އަތޮޅުތެރެއިންނެވެ.
މިވަގުތު މިބަލި ޖެހިފައިވާ 2610 މީހުން އުޅޭއިރު، އެމީހުންގެ ތެރެއިން 180 މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި 1434 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 28 މީހަކު ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 22 ދިވެހިންނާއި 6 ބިދޭސީންނެވެ.
މި ބައްޔަށް ފަރުވާ ކުރަމުންދާ ނުވަތަ އެކްޓިވް ކޭސްތައް އުޅެނީ މާލެ ސަރަހައްދުގެ އިތުރުން، ރާއްޖޭގެ 32 ރަށެއްގައެވެ. އަދި 15 ރިސޯޓެއްގައި ވެސް އެކްޓިވް ކޭސްތައް އުޅޭއިރު، 11 ފަތުރުވެރިންނާއި 19 ރިސޯޓް މުވައްޒަފުން ވަނީ ޕޮޒިޓިވްވެފައެވެ.
އެކްޓިވް ކޭސްތައް އުޅޭ ރަށްތަކުގެ ލިސްޓުގައި ހިމެނެނީ، ހދ. ކުރިނބި ށ. ޅައިމަގު، ރ. އިނގުރައިދޫ، ރ. ދުވާފަރު، ރ. ކިނޮޅަސް، ބ. އޭދަފުށީ، ޅ. ހިންނަވަރު، ކ. ތުލުސްދޫ، ކ. ހިންމަފުށި، ކ. މާފުށި، ކ. ދިއްފުށި، ކ. ގުޅި، ކ. ގުރައިދޫ، އދ. މާމިގިލި، އދ. އޮމަދޫ، ވ. ތިނަދޫ، ވ. ކެޔޮދޫ، މ. މުލައް، ފ. ނިލަންދޫ، ފ. ބިލެއްދޫ، ފ. ދަރަންބޫދޫ، ދ. ރިނބިދޫ، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ތިމަރަފުށި، ތ. އޮމަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ، ދެއްވަދޫގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫއާއި ފޭދޫ އަދި މަރަދޫއެވެ.