ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ކޮވިޑް-19އާ ގުޅިގެން ރައްކާތެރިކަން އިތުރުކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތައް ރައިސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނައިބު ފައިސަލް ނަސީމް ބަައްލަވާލައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ އެއާޕޯޓުން އަޅަމުންދާ ސަލާމަތީ ފިޔަވަޅުތައް ބެއްލެވުމަށް ނައިބު ރައީސް ފައިސަލް ނަސީމް ވަޑައިންނެވި ކަމަށެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ނައިބް ރައީސްގެ އަރިހުގައި ޓުއަރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލްގެ އިތުރުން އެއާޕޯޓުގެ އިތުރުން ސްޓޭކްހޯލްޑަރުން ވަޑައިންނެވި ކަމަށެވެ.

އެމްއޭސީއެލުން ބުނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އިތުރުކުރުމަށްޓަކައި ތަފާތު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ބޯޑަރު ހުޅުވާލާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ މަހުގެ 15ގައެވެ.