ސައުތު ސެންޓްރަލް ޕޮލިސް ޑިވިޜަންގައި ހިމެނޭ އަތޮޅެއްގެ ރަށެއްގައި 18 އަހަރުން ދަށުގެ ތިން އަންހެން ކުދިންނަށް ޖިންސާ ގޯނާކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ 45 އަހަރުގެ ދިވެހި ފިރިހެނަކު ކަމަށެވެ. އަދި އެމީހާ ހައްޔަރުކޮށްފައި ވަނީ 18 އަހަރުން ދަށުގެ އަންހެން ދަރިފުޅުގެ އިތުރުން 18 އަހަރުން ދަށުގެ ދެ އަންހެން ކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ،

ފުލުހުން ބުނީ މި މައްސަކަ ހުށަހަޅާފައި ވަނީ މިމަހު 15 ވަނަ ދުވަހު ކަމަށާއި މައްސލަަ ހުށަހެޅުމާއެކު، މިމަހު 26 ވަނަ ދުވަހު، ކޯޓު އަމުރެއްގެ ދަށުން އެމީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހާ ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިންމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުންގެ ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނެނީ ތ އަތޮޅާއި ލ. އަތޮޅެވެ.

ކުޑަކުދިންނާ ގުޅޭ މައްސަލަތަކަކީ ފުލުހުން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ތަހުގީގުކުރާ މައްސަލަތަކެވެ. އެހެންކަމުން، ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ ނުވަތަ މައްސަލަ ހުށަހެޅޭ ރަށާއި އަތޮޅު ފުލުހުން ހާމައެއް ނުކުރެއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، ހައްޔަރުކުރާ މީހުން ހައްޔަރުކުރުމާއި، އެމީހުންގެ މައްޗަށް ދައުވާކޮށް، ޝަރީއަތް ކުރުމުގެ ކަންކަން މިހާރު ބާރު ސްޕީޑުގައި ކުރިއަށް ދެއެވެ. މީގެ އިތުރުން، އެފަދަ މީހުންގެ ވަނަވަރު ވެސް ދަނީ އާންމު ކުރަމުންނެވެ.