ބޭރުގެ ޓްރާންސްފާ ޕްލެޓްފޯމުގެ ތަކުން ލިބޭ ފައިސާ ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދެމުން ދާ އުސޫލަށް ބޭންކް އޮފް މޯލްޑިވްސް އިން ބަދަލު ގެނެސްފިއެވެ.
ބީއެމްއެލް އިން ބުނީ އެ ގޮތުން މިއަދުން ފެށިގެން 'ވިސާ ޑައިރެކްޓް'، 'މާސްޓަކާޑް ސެންޑް' ފަދަ ޕްލެޓްފޯމް މެދުވެރިކޮށް އަންނަ ފައިސާ ޔޫއެސް ޑޮލަރު އެކައުންޓްތަކަށް ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ.
އެ ބަދަލާއެކު، ރާއްޖޭން ބޭރުގެ ޑިޖިޓަލް ވޮލެޓް އަދި އެއް ފަރާތަކުން އަނެއް ފަރާތަކަށް (P2P) 'ވިސާ ޑައިރެކްޓް'، 'މާސްޓަކާޑް ސެންޑް' ޕްލެޓްފޯމްތައް މެދުވެރިކޮށް ފޮނުވާ ފައިސާ ޖަމާކުރެވޭނީ ހަމައެކަނި ދިވެހި ރުފިޔާ އެކައުންޓްތަކަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.
ވިސާ ޑައިރެކްޓް ފަދަ ޕްލެޓްފޯމް ތަކަކީ އާންމުކޮށް ވަކި ވަކި ފަރުދުން އޮންލައިން ޓްރޭޑިން އާއި ބޭރުގެ ޑިޖިޓަލް ވޮލެޓްތަކުން ޑޮލަރު އެކައުންޓް ތަކަށް ފައިސާ ޖަމާކުރުމަށާއި ނެގުމަށް ބޭނުންކުރާ ވަސީލަތެކެވެ.
ބީއެމްއެލް އިން ބުނީ މިހާރެކޭ އެއްގޮތަށް ކުރިއަށް އޮތް ތާނގައިވެސް އެކައުންޓަށް ޖަމާވާ ފައިސާ ނެގުމުގެ ފުރުސަތު ލިބޭނެއެވެ. ނަމަވެސް އެގޮތަށް ފައިސާ ނެގޭނީ ހަމައެކަނި ރުފިޔާ އެކައުންޓުން ކަމަށެވެ.
ދެން އަހަރެންނަށް ބޭރުން ލިބޭ މަދު ޢަދަދުގެ ޑޮލަރުކޮޅު ޖަމާ ކުރާނީ ލަންކާގަ އޮންނަ އެކައުންޓަކަށް. އެތާގަ ތިބޭނީ މަގޭ ފެމިލީ. އެނިމުނީނު؟ ދެން ބޭރުން އެއްޗެއް ގަންނަންވިޔަސް އެ އެކައުންޓުން ޑޮލަރު ފޮނުވާނީ. ކަލޭމެން ބަން---- ބޭފުޅުން ލައްވާ ރަށަށް ފޮނުވާާކަށް ރައްޖެޔަކަށް ނުގެންނާނަން.
އަސްލު މިގޮތަށްނިންމަންޖެހުނު ސަބަބު ބުނެލަދިންނަމަ.... މިހެންހެދުމުން ކަސްޓަމާއަށް ލިބޭފައިދާއާ ގެއްލުންވެސް ކިޔާލަދީ