ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް ދިމާވެފައިވާ ދަތި ހާލަތުގައި ކާޑުގެ ބާވަތްތައް ހިލޭ ފޯރުކޮށްދޭން ގޮވާލައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފިއެވެ.

މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ހުށަހެޅުއްވި ހުށަހެއްޅުވި މައްސަލާގައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޔިތުންގެ މާލިއްޔަތަށް ކުރިމަތިވަމުންދާ ހީނަރުކަމުގެ ސަބަބުން އާމްދަނީ ހޯދުމަށް ދިވެހިން ކުރަމުން ދިޔަ މަސައްކަތްތައް ހުއްޓާލަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ފުރަބަންދުގައި ގިނަ ދުވަސްތަކެއް ތިބެން ޖެހުމުން މީހުންގެ އާމްދަނީ އެއްކޮށް ހުއްޓި ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ.

އެހެންކަމުން ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރެވެންދެން ރައްޔިތުންނަށް ކާޑުގެ ބާއްވަތްތައް ފޯރުކޮށްދިނުމަށް އެދިލައްވާފައި ވެއެވެ. އޭގެ ތެރޭގައި ދައުލަތުގެ ވަޒީފާ އަދާކުރާ މީހުންނާއި ދައުލަތުގެ އިނާޔަތްތައް ލިބޭ މީހުން ފިޔަވައި އެހެން ހުރިހާ ދިވެހިންނަށް ކާޑުގެ ބާވަތްތައް، ހަނޑޫ ހަކުރު ފުއް ސަރުކާރުން ހިލޭ ފޯރުކޮށްދިނުމަށް އެ ކުއްލި މައްސަލައިގައި ގޮވާލާފައި ވެއެވެ.

ނަމަވެސް އެމައްސަލަ އެ މައްސަލަ ބަލައިގަނެ، ބަހުސް ކުރުމަށް ފެނޭތޯ ބެލުމަށް ނެގި ވޯޓުގަ ބަލައި ގަތުމަށް ފެންނަ ކަމަށް ހަތް މެންބަރުން ވޯޓު ދެއްވި އިރު އެ މައްސަލަ ބަލައި ނުގަތުމަށް 24 މެންބަރަކު ވޯޓު ދެއްވިއެވެ.