ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށް ކުރީގެ ހައުސިން މިނިސްޓަރު، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހައްގަށްޓަކައި އެކަނި ވެސް ގުޅިފަޅުގައި ޕޯޓު ހެދުން ހުއްޓާލަން ޖެހޭ ކަމަށާއި ގުޅީފަޅުގައި ޕޯޓު ހެދުމަކީ މާލޭ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ.

އަދި ޕޯޓަށް އޮތް ދާއިމީ ހައްލަކީ އަބަދު ވެސް ތިލަފުށި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭގެ ވިޔަފާރި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ޓަކައި ތިލަފުށީގައި ބަނދަރު ހަދަން ކުރީގެ ސަރުކާރުން ރާވައިފައިވާ ނަމަވެސް ތިލަފުށީގެ ބަދަލުގައި ގުޅީފަޅުގައި ބަނދަރު ހަދާގޮތަށް ނިންމީ މި ސަރުކާރުންނެވެ.

މި ސަރުކާރުން އެގޮތައް ނިންމުން ބަދަލު ކުރަން ނިންމި ސަބަބެއް ކަމަށް ބުނެފައި ވަނީ ތިމާވެށީގެ ގޮތުން ބަލާއިރު އެއީ ވެސް އެންމެ ރައްކާތެރި ގޮތް ކަމަށް ވުމުން ކަމަށެވެ.

ތިލަފުށީގެ ބަދަލުގައި ގުޅީފަޅަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރަން ނިންމީ ބަނދަރުގައި ކުރާ ހުރިހާ މަސައްކަތެއް އެތަނަށް ބަދަލުކޮށް މާލެއަށް ބޮޑު ބަދަލެއް ގެންނަ ގޮތަށް ރާވައިގެން ކަމަށް ހައުސިން އަދި ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.