މަހަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި ބިދޭސީއަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، މަހަށް ނުކުމެ އުޅުނު ގއ. ވިލިނގިލި ދޯންނެއްގައި ހުރި ބިދޭސީ ފިރިހެނަކު މަރުވެފައިވާ ކަމުގެ މައުލޫމާތު މިއަދު މެންދު 2:10 ހާއިރު ލިބިފައިވާ ކަމަށެވެ. އޭނާ އަކީ ބަނގްލަދޭޝް އަށް ނިސްބަތްވާ އުމުރުން 41 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

އަދި އޭނާ ގއ. އަތޮޅު ހޮސްޕިޓަަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ. މީގެ އިތުރުން މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ، ގއ. ވިލިނގިލިން މަހަށް ނުކުތް ދޯންޏެއްގައި ހުރި މީހަކު ފިޓު ޖެހިގެން އެމްއެންޑީއެފަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އެމްއެންޑީއެފްގެ ލޯންޗު އެ ސަރަހައްދަށް ދިޔަ އިރު އެ ދޯނި ވަނީ ގއ. ވިލިނގިލި ފަޅަށް ވަދެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.