ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކާއި މަޖިލީހުގެ އަމީންއާންމު އޮއިސޮލޭޝަންގައި ތިއްބެވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އާއި ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދުގެ އިތުރުން އަމީން އާންމު ފާތިމަތު ނިއުޝާ ވެސް އައިސޮލޭޝަނުގައި ތިއްބެވި ކަމަށެވެ.
ކޮވިޑް-19 އާ ގުޅިގެން މީގެ ކުރިން ވެސް މަޖިލީހުގެ ބައެއް މެންބަރުން ވަނީ އައިސޮލޭޝަނުގައި މަޑުކުރައްވާފައެވެ.
މިހާތަނަށް މަޖިލިސް މެންބަރަކު ކޮވިޑަށް ޕޮޒިޓިވް ވެފައެއް ނުވެއެވެ. އެހެން ނަމަވެސް މަޖިލީހުގެ ތިން މުވައްޒަފަކު ވަނީ އެބައްޔަށް ޕޮޒިޓިވް ވެފައެވެ. އެ ކޭސްތަކާ ގުޅިގެން މަޖިލީސް ޑިސްއިންފެކްޓް ކުރުމަށް ފަހު މަޖިލީހުގައި ޖަލްސާތައް ވަނީ ބާއްވަން ފަށާފައެވެ.
މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދަނީ އެޗްޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް މެންބަރުން ގައިދުރުކަމަށް ހާއްސަ ސަމާލުކަމެއް ދީގެންނެވެ. އަދި މަޖިލީހުގެ މެންބަރުންނާއި މަޖިލީހުގެ މުވައްޒަފުންވެސް ތިބެނީ މާސްކު އަޅައިގެންނެވެ.
އެ ޖަލްސާ އެއް ބާއްވަން ކުރަންޖެހޭ ހަރަދު ވެންޓިލޭޓަރެއް ގަތުމުގެ ހަރަދާއި އެއްވަރު