ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސީޕްލޭން ފިއުލް ސްޓޯރޭޖު ސަރަހައްދުގައި މި މަހުގެ 10 ވަނަ ދުވަހު ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އެމްއޭސީއެލް އިން ބުނެފައި ވަނީ އެ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ވީއައިއޭގެ ތެޔޮ ރައްކާކުރާ ސަރަހައްދުގައި ކަމަށެވެ.

އަލިފާން ރޯވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި އެއާޕޯޓްގެ ފަޔާ ޓީމުން އަލިފާން ނިއްވާލި ކަމަށް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. އެ ހާދިސާ ހިނގިގޮތް ބެލުމަށް އެތެރޭގެ ތަހުގީގެއް ކުރާ ކަމަށް ވެސް އެމްއޭސީއެލް އިން ވަނީ ބުނެފައެވެ. މި ތަހުގީގުގެ ހޯދުންތައް އެމްއޭސީއެލް އަކުން ހާމަ އެއް ނުކުރެއެވެ.