މާލޭ، މާފަންނު ގެ އެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ މާފަންނުގައި ހުރި ގެއެއްގައި މީހަކު މަރުވެފައިވާ ކަން ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރު 1:00 ހާއިރު ކަމަށެވެ. އަދި މަރުވެފައި ވަނީ އިންޑިއާ މީހެއް ކަމަށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައާ ގުޅުން ހުރި ކަންކަން ދަނީ އިތުރުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ މަރުވެފައި ވަނީ ފަރީދީ މަގުގައި ހުންނަ ގެ އަކުންނެވެ.

ކޮވިޑް ފެތުރެމުންދާ މި ދުވަސްވަރު މަރުވާ ކޮންމެ މީހެއްގެ ވެސް ކޮވިޑް ތެސްޓު ހެދުމަސް ވަނީ ނިންމާފައެވެ. އެހެންކަމުން ސަނޫންގެ ކޮވިޑް ޓެސްޓް ވެސް ހަދާނެއެވެ. މިހާތަނަށް އައި އިރު އެމީހާ މަރުވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މިފަދަ ހާދިސާއެއް ހިނގާފައި ވާއިރު، ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ޒުވާން ޕައިލެޓެއް މަރުވެފައި އޮއްވާ ފެނިފައި ވަނީ މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައެވެ.

އޭނާވެސް ވަނީ ކޮވިޑަށް ޓެސްޓް ކޮށްފައެވެ. އަދި އޭނާގެ ނަތީޖާ ވަނީ ނެގެޓިވް ވެފައެވެ.