ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ޕާކް ގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި ހަދަމުންދާ ވޯޓާ ޕާކްގެ ޓަޔަރެއްގައި އަލިފާނުގެ ހާދިސާއެެއް ހިގާފައިވާ ކަމަށާއި ނަމަވެސް މިހާރު އެ އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށެވެ.

އަލިފާންކަނޑު ކޮންޓްރޯލް ކޮށްފައި ވަނީ ފަޔާއެންޑް ރެސްކިއު ޓީމުން ކަމަށްވެސް އެމްއެނޑީއެފުން މައުލޫމާތު ދެއެވެ.

އެ ހާދިސާގައި އިތުރު ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

ހުޅުމާލޭގައި މިހަދަ ހާދިސާއެއް ހިނގާފައި ވާއިރު، މިދިޔަ ހޯމަ ދުވަހު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތެޔޮ ރައްކާކުރާ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ.

އެހާދިސާގައި ކުންފުނީގެ މުވައްޒަފަކަށް އަނިޔާވެފައިވާ ކަމަށް އެކުންފުނިން ވަނީ ބުނެފައެވެ.