މަސްތުގެ ހާލަތުގައި، މަސްތުވާ ތަކެއްޗާއެކު ކާށިދޫއިން ފުލުހެއް ހައްޔަރުކޮށްފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ފުލުހުން ބުނީ މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތު ކުރެވިގެން މިއަދު ކ. ކާށިދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އޭނާ ދިރިއުޅޭ ގެ ބަލާ ފާސްކުރި އިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ އެއްޗެއް އަޅާފައި ހުރި 3 ރަބަރު ޕެކެޓް ފެނިފައިވާ ކަަމަށްވެސް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޯށްފައި ވަނީ އުމުރުން 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ޔޫރިން ޓެސްޓް ކުރިއިރު މަސްތުވާ ތަކެއްޗަށް ވަނީ ޕިޒިޓިވް ވެފައި ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކާށިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން މިނިސްޓްރީއޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް ވަނީ ދީފައި ކަަމށްވެސް ފުލުހުން ބުނެއެވެ.

އެ މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ފުލުހެއް ކަމަށާއި އޭނާ އަކީ ޗުއްޓީއަށް ކާށިދޫއަށް ގޮސް ހުރި އެހެން ރަށެއްގައި މަސައްކަތް ކުރާ ފުލުހެއްް ކަމަށް، ފުލުހުން މައުލޫމާތު ދިނެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.