ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވުމގެ ސަބަބުން ހދ. ކުޅުދުއްފުށީ ގެއެއްގެ ފުރާޅުން ބައެއް ނެއްޓިއްޖެއެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފުން ބުނީ އުތުރުގެ އަތޮޅުތަކަށް ކުރަމުްނދާ ވިއްސާރައިގައި، ވައި ގަދަވެ ކުޅުދުއްފުށީ ގެއެއްގެ ފުރާޓޫން ބައެއް ނެއްޓުމުގެ ސަބަބުން އެމްއެންޑީއެފް ނޮދާން އޭރިއާ ކުޅުދުއްފުށީ ޕޯސްޓުގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައި ވަނީ މިއަދު 10:00 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އެންއެންޑީއެފުން މިހެން ބުނެފައިވާއިރު، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރާ، އުތުރާއި މެދު ރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށް މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ ބުނެފައެވެ.
މެޓް އޮފީހުން ބުނީ، ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެން ވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
އެ އިދާރާއިން ބުނީ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށއި އެހެން ހިސާބުތަކުގެ ކަނޑުތައް ގަދަ ވާނެ ކަމަށެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިން 3 ފޫޓާއި 5 ފޫޓަށް އުފުލޭއިރު، އެހެން ހިސާބުތަކުގައި ރާޅުގެ އުސްމިން އުފުލޭނީ 4 ފޫޓާއި 6 ފޫޓަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާޅުގެ އުސްމިން 6 ފޫޓާއި ހަމައަށް އުފުލޭނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފައިވާއިރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ދެކުނުގެ ބައެއް ރަށްތަކަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެއެވެ.
މީގެ އިތުރން މެޓް އޮފީހުން ވަނީ މިއަދު 10:15 އިން 14:00 އާ ހަމައަށް ހދ އަތޮޅާއި ޅ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވަނީ ވައިޓް އެލާޓް ވެސް ނެރެފައެވެ.