ކޮވިޑް ޖެހި 80 އަހަރުގެ ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ. މިއީ ކޮވިޑް ޖެހިގެން ރާއްޖޭގައި ނިޔާވި 19 ވަނަ މީހާއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ އަންހެން މީހާ ނިޔާވެފައި ވާނީ މިއަދު ހެނދުނު 9:30 ގައި ކަމަށެވެ.

ނިޔާވި އަންހެން މީހާއަކީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ، އައިސީޔޫގައި ފަރުވާ ދެމުން ދިޔަ މީހެއް ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

މިއާއެކު ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވި މީހުންގެ އަދަދު ވަނީ 19 އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިންނާއި 5 ބިދޭސީންނެވެ. 14 ދިވެހިންގެ ތެރޭގައި 6 ފިރިހެނުންނާއި 7 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެގޮތުން ނިޔާވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު ނިޔާވި އުމުރުން 80 އަހަރުގެ އަންހެން މީހާގެ އިތުރުން އުމުރުން 89 އަހަރުގެ ފުރެހެނަކާއި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ އަންހެނަކާއި 79 އަހަރުގެ އަންހެނަކާއި 71 އަހަރުގެ އަންހެން ހިމެނެއެވެ.

ނިޔާވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.

މާލެ ސަރަހައްދު ގައި ބާރަށް ކޮވިޑް ބަލި ފެތުރެމުން ދާ މި ދަނޑިވަޅުގައި އިއްޔެ އެކަނިވެސް 129 މީހަކު ޕޮޒިޓިވް ވިއެވެ. އޭގެ ތެރެއިން 93 މީހުންނަކީ ދިވެހިންނެވެ.