މާދަމާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗުތަކާއި ސާވިސް ސެންޓަރުތަކުން ހިދުމަތް ދޭނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ ކޮންމެހެން ދާން ޖެހިގެން ނޫނީ ބޭންކުގެ ބްރާންޗުތަކަށް ނުވަތަ ސާވިސް ޗެންޓަރު ތަނަށް ނުދިއުމަށާއި، އޭގެ ބަދަލުގައި އޮންލައިންކޮށް ހިދުމަތްތައް ހޯދުމަށެވެ. އެގޮތުން އިންޓަނެޓް އެންޑް މޯބައިލް ބޭންކިން ނުވަތަ ސެލްފް ސާވިސް ބޭންކިން ސެންޓަރުގެ ހިދުމަތް ގޭގައި ތިބެގެންވެސް ހޯދޭނެ ކަމަށް ބޭންކުން ބުނެއެވެ.

އޭގެ އިތުރުން ކަސްޓަމާ ސާވިސް ސެންޓަރުގެ ހިދުމަތް ހޯދުމަށް ކިއުބީ މެދުވެރިކޮށް ނަންބަރު ނެގުމަށް ވެސް ބީއެމްއެލް އިން ވަނީ އެދިފައެވެ. އަދި އެ ނަންބަރާއެކު ހިދުމަތް ހޯދުމަށް ސާވިސް ސެންޓަރަށް ދާއިރު ގައިދުރު ކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ވަނީ އެދިފައެވެ. ބިއެމްއެލް އިން ބުނީ ދުވާލެއްގެ މައްޗަށް ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ 300 ކަސްޓަމަރުންނަށް ކަމަށެވެ.

ބީއެމްއެލް އިން ބުނީ މާލެ އަދި ހުޅުމާލެ ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ހޯދުމަށް ޕްރީ ބްކިން އެޕޮއިންމެންޓް މިލިންކު މެދުވެރިކޮށް ހެދޭނެ ކަމަށެވެ.