ކޮވިޑުން ރައްޔިތުން ސަލާމަތް ކުރުމަށް ވުރެ މުހިއްމު ކަމެއް މި ސަރުކާރަށް އޮތީތޯ އައްސަވާ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދަވައިފިއެވެ.
މުއިއްޒު ވިދާޅުވީ، ކޮވިޑްގެ ހާލަތު ގައުމުގައި ގޯސްވަމުން ދާއިރު ރައްޔިތުންނާ ދޭތެރޭ ސަރުކާރުން ކަންބޮޑުވެ އަޅާލާ ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެފަދައިން ކަން ކުރަނީ ރައްޔިތުންގެ ސަލާމަަތާއި ރައްކާތެރިކަމަށް ވުރެ އިސްކަންދޭ އެހެން ކަންތައްތަކެއް މި ސަރުކާރަށް އޮތީމަ ކަމާމެދު އޭނާ ސުވާލު އުފެއްދެވިއެވެ.
ޑރ. މުއިއްޒު މިފަދައިން ސުވާލު އުފައްދަވާފައި ވަނީ ރާއްޖޭގައި މިހާރު ކޮވިޑް ބައްޔަށް ޕޮޒިޓިވްވާ ކޭސްތައް އިތުރުވަމުން އަންނަ ދަނޑިވަޅުގައި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ފިޔަވަޅެއް ނާޅާ މަޑުކުރަމުން ދާތީ އެކަމަށް ފާޑުވިދާޅުވަމުންނެވެ.
މި ދިޔަ ޖުލައި މަހުގެ 15 ގައި ރާއްޛޭގެ ބޯޑަރުތައް ހުލުވާލާފައިވާ އިރު، ޖޫން މަހުން ފެށިގެން ލޮކްޑައުންގެ ހާލަތަށް ލުއިދޭން ވަނީ ފަށާފައެވެ. އެ ގޮތުން ލޮކްޑައުނަށް ލުއިދޭން ފަށާއި ސަރުކާރު އޮފީސްތައް ހުޅުވާލެވި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމަށް ހުއްދަދެވިގެން ދިޔައެވެ. ކެފޭ ރެސްޓޯރަންޓުތައް ހުޅުވާ ޖިން ފަދަ ތަންތަން ހުޅުވާ އާންމު އުސޫލުން މީހުން މަގުތަކަށް ނުކުމެ އުޅޭން ފެށިއެވެ. ނަމަވެސް އެހިސާޞުން ޕޮޒިޓީވް ކޭސްތައް އަންނަ މިންވަރު ވަނީ މަޑުންމަޑުން މައްޗަށް ދާން ފަށާފައެވެ. އެ ގޮތުން މިދިޔަ ޖުލައި މަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތައް ވަނީ އިތުރުވާން ފަށާފައެވެ.
ވޭތުވެ ދިޔަ 2 ހެފަތާތެރޭ 1000 އަކަށް ވުރެ ގިނަ ކޮވިޑް ކޭސް ފެނިގެން ގޮސްފައި ވެއެވެ. އެ ގޮތުން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 4164 އަށް އަރާފައެވެ.
މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައި ވަނީ 215 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ 149 ދިވެހިންނާއި ބަންގްލަދޭޝްގެ 54 މީހަކާއި، އިންޑިއާގެ 7 މީހަކާއި ސްރީލަންކާގެ 2 މީހަކާއި ނޭޕާލްގެ ދެމީހަކާއި އިންޑޮނޭޝިއާ އެކަކެވެ. މިއަދު ޕޮޒިޓިވް ވި 215 މީހުންގެ ތެރޭގައި މާލެއިން ޕޮޒިޓިވްވެފައި ވަނީ 214 މީހުން ކަމަށާއި އަތޮޅުތެރެއިން އެކަކު ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.
މަގުމައްޗަށް އެއްވެ ރައްޔިތުންނަށް ބަލިޖައްސާ ބަލިފަތުރަން މަސައްކަތްކުރާ ޓީމުގެ މެމްބަރަކު ތިހެން ވިދާޅުވީމާ ހިނިއަންނަނީ ސިއްހީ މާހިރުން ދެއްވާ ލަފަޔާއި ނަސޭހަތް ބޮލާލާ ޖަހަން ހިތްވަރު ދެއްވުން ހުއްޓާލަންޖެހޭ.
އަޅާލާތަން ފެންނާނީ އައިނު ނެގީމަހެން ހީވަނީ' ތިޔައޮންނަ ފިތުނަވެރިކަން ރަނގަޅު ނުވާނަމަ އެއް ކަމެއްވެސް ރަނގަޅުވެއްޖެ ކަމަ ކަށް ނުފެންނާނެ.
މިހާރު ޔާމީނު ސަރު ކާރު ނަމަ މީހުން އުތުރި އަރާނެ...ކަމެއް ނުވާއިރު ވެސް މީހުން މިތިބެނީ...
މުއިއްޒު ބުންޏަސް މަށަށްވެސް ކޯލިޝަން ސަރުކާރުގެ ޕާރޓީތަކުންވެސް މިކަމާ ސަރުކާރަށް އެހީވެ ރައްޔަތުންނަށް އަޅާލަނެގޮތެއް ހަމަޖައްސައިދޭން އުޅޭތަން ނުފެނޭ. ކޯލިޝަން މިނިސްޓަރުން ބައިބައިވެ ގެއްލިއްޖެ.