ވިލާ އެއާގެ ފްލައިމީގައި މަސައްކަތް ކުރާ ޒުވާން ޕައިލެޓެއް މަރުވެފައި އޮއްވާ ރޭ ދަންވަރުގެ ވަގުތެއްގައި ފެނިއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭގެ ފްލެޓެއްގެ ކައިރިއަށް މީހަކު ހޭނެތިގެން ވެއްޓިފައިވާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 3:30 ހާއިރު ލިބުނު ކަމަށެވެ. އަދި އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅުން ހުރި ކަންކަން ދަނީ އިތުރުރަށް ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

ސަނޫންގެ މަރާ ހަވާލާދީ އޮންލައިން ނޫހަކުން ބުނެފައި ވަނީ، ސަނޫން ރޭ ގެއަށް ނައިސްގެން އޭނާގެ އަންހެނުން ވަރަށް ގިނައިން އޭނާގެ ފޯނަށް ގުޅާފައިވާ ކަމަށާއި އަދި ފޯނަށް ޖަވާބު ނުދޭ ކަމަށެވެ.

ހުޅުމާލެ ފްލެޓް ތެރެއަށް ވެއްޓިފައި އޮއްވާ ފެނުނީ ސ. ހިތަދޫ، ކޯޒްވޭ ވިލާ، ސަނޫން ނަސީރެވެ. އުމުރުން 35 އަހަރުގެ ސަނޫން މަރުވި އިރު އޭނާގެ އަންބަކާއި ދަރިއަކު ހުރެއެވެ.

ކޮވިޑް ފެތުރެމުންދާ މި ދުވަސްވަރު މަރުވާ ކޮންމެ މީހެއްގެ ވެސް ކޮވިޑް ތެސްޓު ހެދުމަސް ވަނީ ނިންމާފައެވެ. އެހެންކަމުން ސަނޫންގެ ކޮވިޑް ޓެސްޓް ވެސް ހަދާނެއެވެ. މިހާތަނަށް އައި އިރު ޗަނޫން މަރުވާން މެދުވެރިވީ ކޮން ސަބަބަކާ ހުރެކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.