އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިކަން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ވަނީ 'ދަ ޕްރެސް' އަށް ކަށަވަރު ކޮށްދީފައެވެ. އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ޕޮޒިޓިވް ވެފައި ވަނީ މިއަދު ކަމަށްވެސް އެޗްއީއޯސީން މައުލޫމާތު ދެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޖީއެމްއެޗުން ޕޮޒިޓިވްވި ލެބް ޓެކްނީޝަން ވަނީ ކޮވިޑްގެ އަލާމާތްތައް ހުރުމާ އެކުވެސް ވަޒީފާއަށް ނިކުމެފައެވެ. މިއަދު ޕޮޒިޓިވް ވެފައި ވާއިރު މީގެ ތިން ދުވަސް ކުރިން އަލާމާތްތައް ފެނިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެޗްއީއޯސީން ބުނީ އެ ޓެކްނީޝަން ޕޮޒިޓިވް ވުމާ ގުޅިގެން ކޮންޓެކްޓް ޓްރޭސީން އާއި ޑިސްއިންފެކްޓް ކުރުމުގެ މަސައަކަތް އެޗްޕީއޭން ކުރިންވެސް އަމަލު ކުރާ ގޮތައް ކުރިއަށް ގެންދާ ކަމަށެވެ.

އައިޖީއެމްއެޗްގެ ލެބް ޓެކްނީޝަނެއް ޕޮޒިޓޮވް ވެފައި ވާއިރު، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ދެ ނަރުހެއް ވެސް ވަނީ ޕޮޒިޓިވް ވެފައެވެ. މީގެ ކުރިން އައިޖީއެމްއެޗްގެ ކޭސްތަަކަށް ބަލާލާއިރު ޖުމްލަ 15 މީހުން ޕޮޒިޓިވްވެފައި ވާ ކަމަށް ކުރިން ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. މި ކޭސްއާ އެކު މިހާރު އައިޖީއެމްއެޗްގެ ކޭސް މި ވަނީ 18 އަށް އަރާފައެވެ. އެއީ 9 ސްޓާފުންނާއި 7 ބަލި މީހުންނާއި 2 އެހީތެރިންނެވެ.

އެޗްއީއޯސީން ބުނާ ގޮތުގައި މި ފަހުން ފްރޮންޓް ލައިންގައި މަސައްކަތް ކުރާ މިހުން ޕޮޒިޓިވްވާ މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.