ރެކޯޑް އަދަދަކަށް މިއަދު ދިވެހިން ޕޮޒިޓިވް ވެއްޖެއެވެ.

92 ދިވެހިންނަށް ކޮވިޑް ޖެހި މިއަދު ބަލި ޖެހުނު ޖުމްލަ މީހުންގެ އަދަދު 137 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭން) ގެ ތަފށް ހިސާބުތައް ދައްކާ ގޮތުން، މިއަދު ޕޮޒިޓިވް ވެފައި ވާ 137 މީހުންގެ ތެރޭގައި 92 ދިވެހިން ހިމެނޭ އިރު، ބަންގްލަދޭޝްގެ 31 މީހަކާއި އިންޑިއާގެ 9 މީހަކާއި ސްރީލަންކާގެ 4 މީހެއްގެ އިތުރުން ދެން ހިމެނެނީ ފިލިޕީންސް މީހެކެވެ.

މިއަދާ ހަމައަށް ޕޮޒިޓިވްވި ޖުމްލަ މީހުންގެ އަދަދު 3506 އަށް އަރާފައި ވާ އިރު މި ބަލިން ފަރުވާ ލިބިގެން ރަނގަޅުވެފައިވާ މީހުންގެ އަދަދު ވަނީ 2547 އަށް އަރާފައެވެ. އެހެންކަމުން މިވަގުތު އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބީ 580 މީހުންނެވެ. އަދި އެކްޓިވް ކޭސްތަކުގެ ގޮތުގައި ތިބި މީހުންގެ އަދަދަކީ 929 އެވެ.

މިހާތަނަށް އައި އިރު ރާއްޖެއިން މި ބަލި ޖެހިގެން 15 މީހަކު މަރުވެފައި ވާއިރު، އޭގެ ތެރޭގައި ހިމެނެނީ 10 ދިވެހިންނާއި 5 ބިދޭސީންނެވެ. 10 ދިވެހިންގެ ތެރޭގައި 5 ފިރިހެނުންނާއި 5 އަންހެނުން ހިމެނޭ އިރު ގިނައީ ދޮށީ އުމުރުގެ މީހުންނެވެ.

އެ ގޮތުން މަރުވި ދިވެހިންގެ ތެރޭގައި ހިމެނެނީ މިއަދު މަރުވި 42 އަހަރުގެ ދިވެހި ފިރެހެނަކާއި 83 އަހަރުގެ އަންހެނަކާއި 89 އަހަރުގެ އަންހެނަކާއި 70 އަހަރުގެ އަންހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 88 އަހަރުގެ ފިރިހެނަކާއި 92 އަަހަރުގެ ފިރިހެނެއްގެ އިތުރުން 80 އަހަރުގެ ފިރިހެނަކާއި 70 އަހަރުގެ ދިވެހި އަންހެނަކާއި 79 އަހަރުގެ ދިވެހި އަންހެނެކެވެ.

މަރުވި ބިދޭސީ މީހުންގެ ތެރޭގައި ހިމެނެނީ 43 އަހަރުގެ ފިލިޕީންސް އަށް ނިސްބަތްވާ ފިރިހެނަކާއި 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 45 އަހަރުން ބަންގްލަދޭޝް ފިރިހެނެއްގެ އިތުރުން 54 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކާއި 38 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ.