ދިވެހިންގެ ކަންކަން ދިވެހިންނަށް ނުނިމޭނަމަ އޮންނާނެ މިނިވަން ކަމެއް ނޯންނާނެ ކަމަށް ނައިފަރު ދާއިރާގެ އިދިކޮޅު މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް ވިދާޅުވީ ދިވެހިން ކަންކަން ދިވެހިންނަށް ނުނިމޭ ހިސާބަށް ގައުމުގެ ހާލަތު ދިއުމުން ދައްކާނެ މިނިވަންކަމެއްގެ ވާހަކަ އެއް ނޯންނާނެ ކަމަށެވެ. އޭރުން ދައްކަން ދައްކަން ޖެހޭނީ އަޅުވެތިކަމުން ސަލާމަތްވާނެ ގޮތުގެ ވާހަކަ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
އޭގެ އިތުރުން އުދަރެހުން އަރާ ވިލާގަނޑު ބިޔަވެފައި ބަނަ ކަމަށް ވެސް ޝިޔާމް ވަނީ ފާހަކަ ކުރައްވާ ފައެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވާއިރު ރޭ ވަނީ ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނުން އިންތިޒާމުކޮށްގެން "އެންމެން އެއް އަޑަކުން" ނަމުގައި މާލޭގައި މަގުމަތީގައި މުޒާހަޒާއެއް ބާއްވާފައެވެ.
އެމުޒާހަރާގައި ވަނީ އިންޑިއާ ސިފައިން ރާއްޖޭން ބޭލުމަށާއި ރާއްޖޭގައި އިތުރު ގައުމެއްގެ މީހުންނަށް ޖާގަ ނުދިނުމަށާއި ރާއްޖޭގެ 55 ވަނަ މިނިވަން ދުވަހު، މިނިވަންކަންކަމުގެ އިހުސާސް ކުރެވިގެން ނުދާ ކަމަށް ބުނެ އަޑުއުފުލާފައެވެ.
މިނިވަން ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. ދިވެހިރާއްޖެއަށް ސިޔާސީ ފުރިހަމަ މިނިވަންކަން ލިބުނު އެއްބަސް ވުމުގައި ސޮއިކުރެވުނީ 1965 ވަނަ އަހަރުގެ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.
ދޮން ބަނޑޭރި އުނަގަނޑުގައި މައި ދޮރޯށި ތަޅުދަނޑި.