އާމްދަނީއަށް އަސަރުކުރި 6638 ފަރާތަކަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި 27.2 މިލިއަން ރުފިޔާ ދީފައި ވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންކަމް ސްޕޯޓް އެލަވެންސްގެ ގޮތުގައި މިއަދުގެ ނިޔަލަށް 6638 މީހަކަށް އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ސަރުކާރުން 27.2 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށެވެ. އިންކަމް ސަޕޯޓް އެލަވަންސަކީ ކޮވިޑް-19ގެ ސަބަބުން އާމްދަނީ ލިބުން ހުއްޓި ނުވަތަ ދަށްވެފައިވާ ފަރާތްތަކަށް އެހީވުމުގެ ގޮތުން ސަރުކާރުން ދޭ އެލަވަންސެކެވެ.
އެ އެހީ ދެނީ ކޮވިޑް-19 އާ ގުޅިގެން އިގްތިސޯދަށް އެހީވާން ސަރުކާރުން އިއުލާނު ކުރި 2.5 ބިލިއަން ރުފިޔާގެ ރިލީފް ޕެކޭޖުގެ ތެރެއިންނެވެ. ސަރުކާރުގެ އިންކަމް ސަޕޯޓަށް އެހީވާން ވޯލްޑް ބޭންކުން ވަނީ 12.8 މިލިއަން ޑޮލަރުވެސް ދޭން ނިންމާފައެވެ. ސަރުކާރުން 27.2 މިލިއަން ރުފިޔާ ދޫކޮށްފައި ވާކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާއިރު، ފާއިތުވި ތިން ހަފްތާގައި އެކަނިވެސް 17 މިލިއަން ރުފިޔާ ވަނީ އެލަވަންސް ގެ ގޮތުގައި ދޫކޮށްފައެވެ.
ކޮވިޑް-19 އާ ގުޅިގެން އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން ދޫކުރާ އެ އެލަވަންސް ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީން ދޫކުރަން ފަށާފައި ވަނީ ހުސްވި މޭ މަހުގެ 20 ވަނަ ދުވަހެވެ. އިންކަމް ސްޕޯޓް އެލަވެންސްގެ ގޮތުގައި ކޮންމެ މީހަކަށް ވެސް ލިބޭނީ 5،000 ރުފިޔާ އާ ހަމައަށް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.
ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ސަސްޕެންޑް ކޮށްފައިވާ ފަރާތެއް ނަމަ، މަހަކު 5000 ރުފިޔާ އަދި ނޯޕޭ ލީވް އަށް ފޮނުވައިފައި ވާ ފަރާތެއް ނަމަ ވެސް އެވަރު އެލަވަންސެއް ލިބެއެވެ. މުސާރައިގެ ގޮތުގައި ލިބޭ އަދަދު އުނިކޮށްފައި ވާ ފަރާތެއް ނަމަ، އެފަދައިން އުނިކުރާ އަދަދު އުނިކުރުމަށް ފަހު މުސާރައިގެ ގޮތުގައި ލިބޭ އަދަދަކީ 5000 ރުފިޔާއަށް ވުރެ ދަށް އަދަދެއް ނަމަ، 5000 ރުފިޔާއިން މިހާރު ލިބޭ މުސާރައިގެ އަދަދު އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ގެއްލުން ވުމާއެކު އާމްދަނީއަށް އަސަރު ކުރި އެންމެ ގިނަ ބަޔަކު ހިމެނެނީ ޓޫރިޒަމް ސިނާއަތުގައެވެ.
ވަރަށް ރަނގަޅު ވާހަކައެއް ގޮތެއްއޮތް މީހުންނަށް ސަރުކާރުންވެސް ބަލަނީ.. އާމްދަނީ ދައްވީމަ ދައްވާބަޔަކަށް ތިދެނީ.. އެބޭފުޅުންނަށް(ވަޑާން) އެއްވެސްގޮތެއް ނޯންނާނެ ލިޔެކިޔުމެއްފަދައެއް އެއްތަނެއް ހަދާފަ އެތަންނިމުނީމަ އަނެއްތަނަށް... އެބޭފުޅުން ރޯދައްކާ އަވީގަ ކުރިހާ މަސައްކަތްތަކުގެ އަގެއްނެތް އެންމެ ބޭނުންޖެހުނު ދުވަހު އެބޭފުޅުންގެ އިހުސާސް ދެނެގަނެވުނު ފަރާތެއް ކުޑަމިނުން އެއްވެސް ނޫސްވެރިއަކަށް އެކަމެއް ތިލަކޮށެއް ނުދެވުނު.. އެއީވެސް ޤައުމަށް ފަޚުރުވެރި ޚިދުމަތް ކޮއްދެއްވާ ޤައުމަށް ނުހަނު މުހިއްމު ބައެއް.. އެމީހުންގެވެސް އަބިދަރީން ތިބޭނެ..
އަމިއްލަ މަސައްކައްތެރިން ކޮބާ.. އަޅުގަނޑުމެން ވަޑާން ކުރާމީހުންނަށް އަދާހަމައައްވެސް މަސައްކަތެއް ނުފެށޭ.. ރައިވެރިންގެ ދަރިންނަށްވެސް ތިނެތިން އެކަތި އޮވޭ އަޅުގަނޑުމެއްނަށް އެވަރުވެސް ނުވޭ ދުވަހަކުވެސް ރޯދަ އިނާޔަތެއްް އެކައްޗެއްވެސް ނުލިބޭ.. ރާއްޖޭގެ ސަފާރީތަކާ ހުރިހާ އޮޑިދޯނިފަހަރެއްގެ މަރާމާތު ކޮއްދީ އެތަކެތި ހަދާމީހުންނަކީ ވަޑިން އެކަކުވެސް ވަޑިންގެ ވާހަކަ ނުދައްކާ.. އަޅުގަނޑުމެންގެ ހައްގުގާ މިވާހަކަ ތިލަކޮއްދެއްވާ.. ނޫނީ ވަޑިންނަކީވެސް ބިދޭސީންތޯ އައްސަވާދެއްވާ...