ފްރޮންޓްލައިން ވޯކާސް ގެ ތެރއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމށް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަފްޒަލް ވިދާޅުވީ ފްރޮންޓް ލައިން ވޯކާސްގެ ގޮތުގައި ބަލަނީ ހަމައެކަނި ހެލްތް ގެ ދާއިރޤއިން ނޫން ކަމަށާއި އެއީ ކޮންމެހެން ގައުމުގެ މީހުންނަށް ޒަރޫރީ ހިދުމަތެއްދޭ އެންމެންނަށް ކަމަށެވެ.
އޭގެ ތެރޭގައި ފެނާއި ކަރަންޓާއި ވަކި ކަހަލަ މުއަައްސަސާ އެއްގައި މަސައްކަތް ކުރާ މީހުން ހިމެނޭނެ ކަމަށް ޑރ. އަފްޒަލް ވަނީ ފާހަގަ ކުރައްވާފައެވެ.
ކޮވިޑަށް ޕޮޒިޓިވްވާ ދިވެހިންގެ ކޮންޓެކްޓުން ވަރަށް ގިނަ ކަމަށާއި އެކަމަށް ސަމާލުވާން ޖެހޭ ކަމަށްވެސް އަފްޒަލް ވިދާޅުވިއެވެ. އަދި ކްލާސްޓާ ގިނަވުމުގެ ސަބަބުން ދޭހަވެގެންދަނީ ބަލި ފެތުރޭ މިންވަރު ކުރިއަށް ވުރެ އިތުރުވެފައިވާކަމަށާއި ލޮކްޑައުންގައި އޮތުމަށްފަހު ދެވުނު ލުއިތަކާއި އެކު ކޭސްތައް އިތުރުވެފައިވާ ކަން ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެ ތެރޭގައި ގިނައީ އެއްވެސް ކްލަސްޓާއަކަށް ނިސްބަތްނުވާ އަންލިންކް ކޭސްތައް ކަމަށާއި ޕޮޒިޓިވްވާ މީހުންގެ ތެރޭގައި ދިވެހިން ގިނަވަމުންދާތީ މިހާރުގެ ހާލަތަށް ބަލާއިރު ދިވެހިން ވަރަށް ބޮޑަށް ސަމާލުވާން ޖެހޭ ކަމަށާއި އެޗްޕީއޭއިން ދެމުންދާ އިރުޝާދުތަކަށް އަމަލުކުރުމަކީ މުހިންމު ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވިއެވެ.