ކ. ދިއްފުއްޓާ ދިމާ ބެރުން ރޭ ފެނުނު ބޭރުގެ މަސްބޯޓެއް ފުލުހުންނާ ހަވާލުކޮށްފިއެވެ.
ދިއްފުއްޓާ ދިމާ ބޭރުން ބޭރުގެ މަސްބޯޓެއް އުޅޭ ކަމުގެ މައުލޫމާތު ލިބިބުމާއެކު އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ. އަދި އެ ބޯޓު ކޯސްޓް ގާޑުގެ ބެލުމުގެ ދަށަށް ގެންގޮސް ވަނީ ހުޅުމާލެ ފަޅަށް ވައްދާފައެވެ.
މި ބޯޓު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އެއަށްފަހުއެވެ. އެ ބޯޓު މިހާރު ވެސް ހުޅުމާލޭ ފަޅުގައި އޮތްއިރު، ބޯޓުގައި ތިބީ 6 މީހުން ކަމަށް އެމްއެންޑީއެފުން މައުލޫމާތުދީފައިވެއެވެ.
އެމްއެންޑީއެފުން ބުނީ ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އުޅޭކަމުގެ ރިޕޯޓް އެމްއެންޑީއެފަށް ކޮށްފައި ވަނީ މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދިވެހި ދެ ދޯންޏަކުން ކަމަށެވެ. އެއީ އަސަރީ ދޯންޏާއި ކިންގްރިޝާ ދޯނި ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.
ރާއްޖެއަކީ ކަނޑުގެ މަސްވެރިކަމަށް މަގުބޫލު މަންޒިލެކެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑު ކަމާ ވަސީލަތްތަކުގެ މަދުކަމުން ރާއްޖޭގެ ކަނޑުން ވަގަށް މަސްވެރިކަން ކުރި ނަމަވެސް ހޯދައިގަތުމަކީ ކުރިން އޮތް ގޮންޖެހުމެކެވެ.
ނަމަވެސް ކޯސްޓްގާޑުން ދަނީ ރާއްޖޭގެ ސަރަހައްދު ބަލަހައްޓަމުންނެވެ. އެގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަންނަ އުޅަނދުތައް ކޯޓްގާޑުން އަތުލަމުންދާއިރު، އާންމުކޮށް އަތުލައިގަންނަ މި ބާވަތުގެ އުޅަނދުތައް އިތުރަށް ބާލާ ފާސް ކުރާ އިރު މަސްތުވާތަކެތި ފެންނަ ނިސްބަތްވެސް މަދެއް ނޫނެވެ.