އިސްލާމިކް މިނިސްޓްރީގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)އިން ބުނީ އިސްލާމިކް މިނިސްޓްރީން އެއް މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އަދި މިހާރު އެ މިނިސްޓްރީއާ ގުޅިގެން ކޮންޓެކްޓް ޓެރޭސިންގެ މަސައްކަތް ކުރިއަށްދާ ކަމަށައި އެ މިނިސްޓްރީއާ ގުޅިގެން ޑިސް އިންފެކްޓް ކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށްވެސް އެޗްއީއޯސީން ބުނެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވް ވެފައި ވަނީ އަންހެން މުވައްޒަފެކެވެ.

އަދި މުވައްޒަފު ޕޮޒިޓިވްވެފައިވަނީ މި މަހުގެ 20 ވަނަ ދުވަހު ކަމަށާއި ޕޮޒިޓިވްވި އަންހެން މުވައްޒަފަކީ އެ މުވައްޒަފުގެ ފިރިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން އައިސޮލޭޝަންގައި ހުރި މުވައްޒަފެއް ކަމަށްވެސް މައުޅުމާތުލިބިފައި ވެއެވެ.

އިސްލާމިކް މިނިސްޓްރީން މުވައްޒަފަކު ޕޮޒިޓިވް ވެފައި ވާއިރު، މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހުގެ ތިން މުވައްޒަފަކާއި، ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މުވައްޒަފަކު ޕޮޒިޓިވް ވެފައެވެ. މީގެ އިތުތުރުން ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފަކާއި، ސަރުކާރުގެ ބައެއް އިދާރާތަކުގެ މުވައްޒަފުންވެސް ވަނީ ޕޮޒިޓިވް ވެފައެވެ.