ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރަން އެކަށީގެންވާ މައުލޫމާތު ނުލިބޭ ކަމަށް އެސެޓް ރިކަވަރީ ކޮމިޝަނުގެ ރައީސް އަހުމަދު އައްސަދު ވިދާޅުވެއްޖެއެވެ.

މިއަދު އެ ކޮމިޝަނުން ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަމުން އައްސަދު ވިދާޅުވީ މައްސަލަތައް ނިންމުމަށް މައުލޫމާތު ހީދުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށެވެ.

އެގޮތުން އައްސަދު ފާހަގަ ކުރައްވައިފައި ވަނީ 2019 ވަަނަ އަހަރުގެ އޮގަސްޓު މަހާ ހަމައަށް ބޭންކް އޮފް މޯލްޑިވްސުން މައުލޫމާތު ފޯރުކޮށްދޭން އިންކާރު ކުރިކަމެވެ. ނަމަވެސް ފަހުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އަހަރުގެ ފެބްރުއަރީ މަހު އޮފީހަކަށް ވަދެ މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ނަމަވެސް ކުރިމަތިވި ދަތިތަކެއް ކުރިމަތިވި ކަމަށެވެ. ސަބަބެއް ކަމަށް ފާހަގަ ކޮށްފައި ވަނީ މައުލޫމާތު އެއްކުރަނީ އެއް ފަހަރާއި ނޫން ކަމަށް ވުމުނެނެވެ.

އިދާރާތަކުން ތަފާސްހިސާބުތައް ހޯދުމުގައި ވެސް ގޮންޖެހުންތައް ކުރިމަތިވިކަމަށާއި އެކަމުގެ ސަބަބެއްގަ ގޮތުގައި ފާގަހަ ކޮށްފައި ވަނީ ހައްލު ހޯދޭ ވަރެއްވުރެ ރާއްޖެ އޮތީ ފަހަތުގައި ކަމަށާއި ބޭނުންވާ ހުނަރާއި ތަޖުރިބާ ހުރި މީހުން ވެސް މަދުކަމަށް އައްސަދު ވިދާޅުވިއެވެ.