މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މަސްތުވާތަކެއްޗާއެކު ހުޅުމާލޭން ދިވެއްސަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 41 އަހަރުގެ ދިވެހި ފިރިިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެ ޕެޓްރޯލްކޮށް ބަލަހައްޓަމުން ދިޔަ ފުލުހުންގެ ބަޔަކަށް އޭނާގެ އަމަލުތައް ހުރިގޮތުން ހުއްޓުވައި ބަލައި ފާސްކުރުމަށްފަހު އިއްޔެ މެންދުރުފަހު 2:56 ހާއިރު ހުޅުމާލެ މަގުމަތިން ކަމަށް ފުލުހުން ބުނެއެވެ.

އޭނާ ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 19 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުުން ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

މި މަހުގެ 15 ވަނަ ދުވަހު މަސްތުވާތަކެއްޗާއެކު ރިސޯޓަކުން 58 އަހަަރުގެ ދިވެއްސަކު ވަނީ ހައްޔަރުކޮށްފައެވެ. އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ 15 ރަބަރު ޕެކެޓު ފެނިފައިވާ ކަަމށް ފުލުހުން ބުނެފައި ވެއެވެ.