ކޮވީޑް-19 އާ ގުޅިގެން ރާއްޖޭގައި ގާއިމް ކޮށްފައި ވާ ކަރަންޓީން ފެސިލީޓީއަކުން ފިލައިގެން އުޅޭ ބިދޭސީއަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުން ބުނީ، އެމީހާ ހޯދަމުން އަންނަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ކަމަށެވެ. އަދި ހޯދަން އިއުލާން ކޮށްފަިއ ވާ ބިދޭސީއަކީ ބަންގްލަދޭޝައަށް ނިސްބަތްވާ ފިރިހެނެއް ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ބަހާދުރު ނަމަކަށް ކިޔާ ބަންގްލަދޭޝް ރައްޔިތެކެވެ. އޭނާގެ ޕާސްޕޯޓު ނަންބަރަކީ BP0762231 އެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސަވިސްގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅާ، އެކަން ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މި މަހުގެ 10 ވަނަ ދުވަހުވެސް ފުރަބަންދާ ގުލީގެން އެކި އެކި ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ތިބި 8 ބިދޭސީއަކު ހޯދުމަށް ފުލުހުން ވަނީ އިއުލާންކޮށްފައެވެ.