ރައީސް ނަޝީދަކީ ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކޮށްލެއްވުމުގައި އާދަޔާ ހިލާފު ޝަހުސިއްޔަތެކެވެ. އެއިރަކު އެވަގުތަކަށް މުނާސަބު ކަމެއް ތިލަ ކުރައްވައި، ސިޔާސީ ހުރިހާ ލޮލެއްގެ އަމާޒު އެ ކަމަށް ހުއްޓުވާލައްވައެވެ.
މިއަދު މިވަނީ އެފަދަ ހައްސާސް ވާހަކައެއް ތިލަކުރައްވާ ބަހުސަށް ދޫކޮށްލައްވާފައެވެ.
ބޭރު މީހުންނަށް ރެސިޑެންޓް ވިސާ ދޭ ވާހަކައެވެ. އައިޑީކާޑެއް އޮތް ކޮންމެ ދިވެއްސަކަށް ލިބޭ އިމްތިޔާޒުތައް ލިބޭނެގޮތަށް ބިދޭސީންނަށް މަގުފަހިކޮށްދޭ ވާހަކައެވެ. އެއަށް ވުރެ ތިލަކޮށްލާނަމަ، ބިދޭސީންނަށް ރާއްޖޭގެ ރަށްވެހިކަން ހޯދައިދެއްވަން އުޅުއްވާ ވާހަކައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާއި ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީން އިމިގްރޭޝަން ގާނޫނު ދިރާސާކޮށް ގެންނަން ޖެހޭ އިސްލާހެއް ގެނެސް ފޮނުވީމައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އެމަނިކުފާނަށް ފެނިވަޑައިގަންނަވާ އިސްލާހުތަކަކާއެކު ބިލު އަލުން ދިރާސާކުރަން ކޮމެޓީއަށް ފޮނުއްވާފައެވެ.
އެ ބިލަށް ނަޝީދު ހުށަހަޅުއްވަނީ، 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ގެއެއް ކުއްޔަށް ހިފާ ބިދޭސީންނަށާއި އެއް ލައްކަ ރުފިޔާ އަށް ވުރެ ބޮޑު އިންވެސްޓްމަންޓެއް ކުރާ ބިދޭސީންނަށް ވެސް ރެސިޑެންޓް ވިސާ ދޭންޖެހޭ ގޮތަށާއި ދިިވެއްސަކާ ކައިވެނި ކުރާ ބިދޭސީންނަށް ވެސް އެ ވިސާ ލިބޭ ގޮތަށް ބަދަލު ގެނައުމަށެވެ. މީގެ ތެރެއިން މިހާރުވެސް ރެސިޑެންޓް ވިސާ ލިބޭ ކެޓަގަރީގައި މީހުނާ އިނދެގެން އުޅޭ މީހުން ހިމެނެއެވެ.
މިކަމާ ކޮމެޓީގެ ގިނަ މެންބަރުން ކަންބޮޑުވެ ވަޑައިގެން ވާހަކަ ދައްކަވާަފއި ވިޔަސް ނަޝީދު ގެންދަވަނީ އެމަނިކުފާނުގެ އެޖެންޑާ ދިފާއު ކުރެއްވުމަށް މަޒުމޫނުވެސް ލިޔުއްވާ ނެރުއްވަމުންނެވެ.
"ބޭރުމީހުން" ސުރުހީގެ ނަމުގައި ނަޝީދު ލިޔުއްވި މަޒުމޫނުގައި ބުނެފައި ވަނީ ރާޢްޖޭގައި ބޭރު މީހުން ގިނަވެގެން ދިޔަ އެންމެ ބޮޑު އެއް ސަބަބަކީ ރާއްޖެ ތަނަވަސް ވުން ކަމަށާއި، އެމީހުން ރާއްޖެ އައިސް މިހާރު ކާކުކަން އަންގައިދޭ ލިޔުމެއްވެސް އަމުދުން ނެތް ކަމަށާއި، އޭނާއަކީ ކާކުކަން ދިވެހި ސަރުކާރަށާއި އަދި އޭނާގެ އަމިއްލަ ގައުމަށްވެސް ނޭނގޭކަމަށެވެ. އަދި އޭނާ އަނބުރާ ގައުމަށް ފޮނުވަން އުޅުނަސް އެގައުމުންވެސް އެއްބާރުލުން ނުދިނީމައި ދެން ފޮނުވާލެވޭނެ ގޮތެއް އަމުދުން ނެތް ކަމަށެވެ.
ބިދޭސީންނާ ބެހޭ ވަޒީރުގެ ވާހަކަ
ރާޢްޖޭގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެފައި ވަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގެނައި މީހުން ސަރުކާރަށް އެނގޭ ކަމަށާއި ގަވައިދާ ހިލާފަށް ލިޔެކިޔުމެއް ނެތި އުޅޭ މީހުންގެ އަދަދު 70،000 އަށް އަރާ އިރު ޖުމްލަ އަދަދު 225،000 އަށް އަރާނެ ކަމަށެވެ. އަދި ރާއްޖެ އަށް އައިސް ޕާސްޕޯޓް ވީދާލާފައި ފިލައިގެން އުޅޭ ނިސްބަތަކީ މަދު އަދަދެއްކަމަށްވެސް އޭނާ މީޑިއާތަކުގައި ވިދާޅުވެފައި ވެއެވެ. 2019 ވަނަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން، ރާއްޖޭގައި ގަވާއިދާ އެއްގޮތަށް 157،560 ބިދޭސީން އެބައުޅެއެވެ. އޭގެ ތެރެއިން 110،084 މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ. އަދި 20،283 މީހުންނަކީ އިންޑިއާ މީހުންނެވެ.
ރާއްޖެއަށް ދިމާވި ކޮމިޑްގެ ބަލާ މުސީބާތުގެ ތެރޭގައި ބިދޭސީން ތިބި އެކިއެކި ތަންތަން ސަރުކާރުން ފާހަގަ ކޮށްފައި ވާއިރު މާލެތެރެއިން އެކަނި އެފަދަ 33 ތަނެއް ފާހަގަ ކޮށްފައި ވެއެވެ. އެ ތަންތަނުގައި ތިބި މީހުންގެ ބޯ ގުނާ ހެދިއެވެ. ކާކު ކުރަނީ ކީއްތޯ ބަލާ ހެދިއެވެ. ގައުމަށް އަނބުރާ ދާން ބޭނުންވަނީ ކޮން ބައެއްތޯވެސް ބެލިއެވެ.
ދޭތެރެ ދޭތެރެއިން ބިދޭސީން ގައުމަށް ފޮނުވުމަށް ހިންގާ ޕްރޮގްރާމުގައި 3000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލި އިރު އަދިވެސް ގައުމަށް ދާން ބޭނުންވާ އެތައްހާސް ބިދޭސީންނެއް، މާލޭގެ އެތަން މިތާނގައި އެބަ އެނބުރެއެވެ. އާންމުކޮށް އެމީހުން އެއްވާ ހީނާމާގެ ޕާކިން ޒޯނުގައި އެތިބެނީ ރަށަށް ދާން އެދޭ އެތައް ބައެކެވެ.
ހީނާމާގެ ޕާކިން އަށް އެއްވެފައި ތިބި ބިދޭސީންނާ ވާހަކަ ދައްކާލީމައި އެންމެންވެސް ބުނީ ރަށަށް ދާން ބޭނުން ވާ ވާހަކައެވެ. އެމީހުންގެ އަތުގައި ވޯކްޕާމިޓެއް ނެތެވެ. ވޯކްޕާމިޓް އޮވޭތޯ އެހީމައި އެމީހުން ބުނީ "ވޯކްޕާމިޓް ބޭނުން ނެތީ، ރަށަށް ދާން ބޭނުން ވަނީ" ކަމަށެވެ. އަދި ރަށަށް ލާރި ފޮނުވާ ހަދަނީ ކިހިނެއްތޯ އެހީމައި ބުނީ "ބަރާބަރު ފޮނުވަނީ" ކަމަށެވެ.
އަތުގައި ޕާސްޕޯޓާއި އެނޫންވެސް ސައްހަ ލިޔެކިޔުމެއް ނެތި އެމީހުންގެ ރަށަށް ބަރާބަރަށް ފައިސާ ފޮނުވާ ހަދާއިރު، އެމީހުން ރާއްޖޭގައި އުޅެނީ ޕާސްޕޯޓް ވީދާލައިގެން ފިލައިގެން ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނީމައި މުޅިއަކުން ހަމައެއް ނުޖެހެއެވެ. އަދި އެމީހުން ޕާސްޕޯޓް ވިދާލައިގެން އަތުގައި ލިޔެކިޔުމެއް ނެތަސް، މިގައުމަށް އެތެރެވާއިރު ގައިމު އެއިން ކޮންމެ މީހެއްގެ އެންޓްރީ ރެކޯޑް ހުންނާނެތާއެވެ. އެއީ މިގައުމުގައި އުޅޭ ބިދޭސީންގެ ސީދާ އަދަދު އެނގޭނެ ގޮތެއް ނޫންތޯއެވެ.
ބިދޭސީން ފޮނުވާ ނުލާން އުޅެނީ ކީއްވެ؟
ބިދޭސީން ރާއްޖެ އަންނަނީ އެ ރަށުގެ އެޖެންޓަށާއި ދިވެހި އެޖޭންޓަށް ގިނަ އަދަދެއްގެ ފައިސާ ދައްކާފައެވެ. އަދި އިމިގްރޭޝަނަށް ބޮޑު ޑިޕޮސިޓްވެސް އަތުލައެވެ. ޖުމްލަކޮށް ރާއްޖެ އައުމަށްޓަކައި ކުރާ ހަރަދު ޓިކެޓާއެކު ބޮޑެވެ. އެހެނަސް އޭނާ އަންނަނީ ރާއްޖޭގައި މަސައްކަތް ކޮށްގެން އާމްދަނީ ހޯދަން ކަމަށް ވާއިރު އެ ހަގީގަތާ ދުރަށް ގޮސް، އޭނާ ރާއްޖެ އަންނަނީ ބޮޑު ހަރަދެއް ކޮށްގެން ކަމަށް ވާތީ، އެއީ އޭނާއަށް އަނބުރާ ގައުމަށް ދެވެން ނެތް ސަބަބެއް، ނުވަތަ ރާއްޖޭގައި މަސައްކަތް ކުރާ އެގްރީމެންޓުގެ މުއްދަތު ހަމަވީމާއި ދާން ނުޖެހޭނެ ސަބަބެއް ނޫނެެވެ. އަދި ދާން ދެކޮޅު ހަދާ މީހާ ޑީޕޯޓްވެސް ކޮށްލަން ނުޖެހޭ ސަބަބެއްވެސް ނޫނެވެ.
ދިވެއްސަކަށް ބޭރު ގައުމަށް މަސައްކަތު ގޮސް، މިތާ އެމީހުން އެ އުޅޭހެން، އެ ފާޑަށް އުޅެވޭތޯ އަޅެ ބަލާބަލާށެވެ.
އެމީހުން މިތަނަށް އައިސް ޕާސްޕޯޓް ވީދާ، ފިލުމަކުން އެމީހުންގެ ގައުމީ ހައިސިއްޔަތެއްވެސް އަދި އެއީ ބިދޭސީއެއްކަމެއްވެސް ކެނޑިގެން ނުދެއެވެ. ދިވެއްސަކު އިންޑިއާގެ ޗާލާ ބާޒާރަށް އަރާލީމައި އެތާ ތިބޭ މީހުނަށް އެއީ ދިވެއްސެއްކަން އެނގޭ ގޮތަށް، ބިދޭސީއަކު ފެނުނީމައި އެއީ ބިދޭސީއެއްކަން ނޭނގޭ ދިވެއްސަކު މި އުޑުދަށަކު ނެތެވެ.
ދެން އެމީހުންނާ އެމްބަސީން ހަވާލު ނުވާ ކަމަށް ބުނަންޏާ، ފޮރިން މިނިސްޓްރީއަށް އެމްބެސެޑަރު ހާޒިރުވެސް ކުރެވޭނެތާއެވެ. ދުނިޔޭގެ އެހެން ތަންތާނގައިވެސް، ޖިއޯ ޕޮލިޓިކްސްގައި އެމްބެސެޑަރުން ހާޒިރުކޮށް ހަދައެވެ. ސުވާލުވެއް ކުރެއެވެ. އަދި މަޖުބޫރު ކުރަން ޖެހޭ ހާލަތްތަކުގައި މަޖުބޫރުވެސް ކުރެއެވެ. ނުވަތަ އެމްބެސެޑަރު ފޮނުވާލަން ޖެހޭ ހާލަތަށް ދިޔައިމައި އެކަންވެސް ކުރެއެވެ.
ރާއްޖޭގައި ތިބި އެތައްހާސް ބިދޭސީންނެއް އަނބުރާ ދާން ބޭނުންވާ އިރު ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާ ނުލެވިގެން އުޅެނީ، އެމީހުންނާ ގުޅިގެން ތަންފީޒީ އިދާރާތަކަކުން ވިޔަފާރިއެއް ކުރާތީތޯއެވެ. ނުވަތަ އެމީހުން ފޮނުވާލަން ބަހައްޓާފައި ހުރި ޑިޕޮސިޓް ލާރިކޮޅުވެސް ނެތީތޯއެވެ. ނުވަތަ ނުފޫޒު ގަދަ ބަޔަކު އެމީހުން ލައްވާ އިންސާނީ ވަގުފާރި ހިންގަނީތޯއެވެ.
ރައީސް ނަޝީދުގެ އިނގިރޭސިވިލާތް
ރައީސް ނަޝީދުގެ މަޒުމޫނުގައި ބުނާ އިނގިރޭސިވިލާތުގެ 2 ޓައުނުގެ ތެރެއިން ސައުތުހޯލްގައި އިންޑިއާގެ ސިކް ދަރިކޮޅުގެ މީހުން ގޮސް ބަނޑަހަ ޖެހި އިރު އެއީ މައި ސަރުކާރަށް އަޅާނުލެވި އޮތް ވަރަށް ފަގީރު ހިސާބެކެވެ. ކުރިން ރާއްޖޭގެ ރަށެއް ކަމުގައި ބުނާ މަލިކަށް އަޅާނުލެވި އެތަން ދޫވެގެން ދިޔަ ގޮތް ހިތްމައްޗަށް ގެނެސްފިއްޔާ މިވާހަކަ ވިސްނާން ދިވެހިންނަށް ފަސޭހަ ވާނެއެވެ.
އެ ބުނާ ސައުތުހޯލުގައި އަމުދުން ގާނޫނެއް ގަވައިދެން ނުހިނގާ ޒަމާނެއްގައި ބަނޑަހަ ޖަހައިގެން މީހުނާ އިނދެ ދަރިން ހޯދަމުން އުޅެމުން ގޮސް، ބައިބޯވިއެވެ. ދެން ނުކުތީ ހައްގު ހޯދާށެވެ. މިހާރު ރާއްޖޭގެ މަގުތަކުގައި ހައްގު ހޯދަން ބިދޭސީން ނުކުމެ އުޅޭ ގޮތް ދިވެހިންގެ ހިތަށް ގެނައިމައި އިނގިރޭސިވިލާތުގައި އެކަން ވެގެން ދިޔަގޮތް ސިފަކުރަން ފަސޭހަ ވާނެއެވެ. އެ ވިދާޅުވާ ސައުތުހޯލްގެ ވާހަކަ އެހެރީ އެކި ފޮތްފޮތުގައި ލިޔެފައެވެ.
ދެން އެ މަޒުމޫނުގައި އިޝާރާތް ކުރައްވާފައި އޮތް ބްރިކްސްޓަންއަކީ ކަޅު ނަސްލުގެ މީހުން ވަޒަންވެރިވި ތަނެކެވެ. އެތަން މަޝްހޫރުވެފައި އޮތީވެސް ނަސްލީ ތަފާތު ކުރުމާއި ތަޅާފޮޅުން ބޮޑު ތަނެއްގެ ގޮތުގައެވެ.
އެ މަޒުމޫނުގައި ފާހަގަ ކޮށްފައި އޮތް އިނގިރޭސި ދާހިލީ ވަޒީރަކީ، ޔުގެންޑާއަށް ހިޖުރަކޮށް ފަހުން އިނގިރޭސިވިލާތަށް ދިޔަ އިންޑިއާގެ ގުޖުރާތަށް ނިސްބަތްވާ މީހެއްގެ ބޭފުޅެކެވެ. ދެން އޮތް މާލީ ވަޒީޒަކީ ޓެންޒޭނިއާއާއި ކެންޔާގެ ދެމަފިރިންނަށް ލިބުނު ބޭފުޅެކެވެ. އިންޑިއާއަށް ނިސްބަތް ވަނީ އޭނާގެ ކާފައާއި މާމައެވެ. ލަންޑަންގެ މޭޔަރުވެސް އެފަދައެވެ. އޭނާގެ ކާފައާއި މާމަ އިންޑިއާއަށް ނިސްބަތް ވި ނަމަވެސް، އެ ރަށްވެހި ކަމަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސް ވަރުގެ ކަމެކެވެ.
ރާޢްޖޭގައި ކުރިން ވޯރާއިން އުޅުނެވެ. ބާޒާރުމަތީގައި ބަނޑަހަ ޖަހައިގެން އިންޑިއާއިން އައި މީހުންވެސް ވިޔަފާރިކޮށް ދިރިއުޅުނެވެ. އޭރު އުޅުނު ބައެއް މީހުން ދިވެހިންނާ އިނދެގެން ދަރިން ހޯދައިގެން އުޅުން ނަމަ، އެގޮތަށް އެމަގަށް އެކަން ހިނގާނެއެވެ. ރާއްޖޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރުވެސް 102 ދިވެއްސަކު ބޭރުމީހުނާ އިނދެގެން އެބައުޅެއެވެ. ބައެއް މީހުންނަކީ މިހާރު ބޮޑެތި މަހުޖަނުންނެވެ. މާލޭގައި 10-12 އިމާރާތާއި، ބޮޑެތި ވިޔަފާރިތައް ކުރާ މީހުން އެބަތިއްބެއެވެ. އޭގެ ތެރޭގައި އިންޑިއާ އަދި ބަންގްލަދޭޝް މީހުންވެސް ހިމެނެއެވެ.
ނަޝީދުގެ 2023
މިއީ 2020 ވަނަ އަހަރެވެ. އޭރު ބްލެކް އެންޑް ވައިޓްގައި ފޮޓޯ ހުއްޓަސް މިއަދު ފޮޓޯތައް ހުރީ ކުލަކޮށެވެ. މިއަދު ކުލަކޮށް ފެންނަން ހުރި ކަމެއްގައި ނަޝީދުގެ ބޭނުންފުޅަކީ ކޮބައިކަން ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރުވެސް ވަނީ މި މައުޟޫގައި ވާހަކަ ދައްކަވާފައެވެ.
ބިދޭސީންނަށް ހޯދައިދޭ ރެސިޑެންޓް ވިސާއާއެކީގައި ރަށްވެހިކަން ކަށަވަރު ކޮށްދީ، އިންތިހާބާ ބެހޭ ގާނޫނުތަކަށްވެސް ބަދަލު ގެނެސް އެމީހުންނަށް 2023 ގައި ވޯޓުލެވޭނެ މަގު ފަހި ކުރުމަކީ 2023 ގައި ރައީސް ނަޝީދު ވެރިކަމަށް ނުކުމެ ވަޑައިގަންނަވާ ނަމަ ވަރަށް ފަހި ފުރުސަތަކަށް ވާނެއެވެ.
އެއް ބުރުން، އިންތިހާބު ކާމިޔާބު ކުރެވޭނެ ހާ ވޯޓު ލިބޭނެއެވެ. އިންތިހާބުގެ ކެމްޕޭނަށް، ރަތްދައްކާ އަވީގައި ދިވެހިންގެ ގާތަށް ވަޑައިގަންނަވާކަށްވެސް ޖެހިވަޑައެއް ނުގަންނަވާނެއެވެ. ބިދޭސީން ނިދާ ކައިބޮއެ ހަދާ ތަންތަނަށް ވަޑައިގެން އެމީހުންނާއެކު ވަގުތު ހޭދަކުރައްވާ، "ކާލިޔާ ބިރިންޖީ" އާއި "ބައި ކަޅެއް" ހިއްޕަވައިގެން "ކަސައުޓީ" ބައްލަވަން އިންނެވިޔަސް އިންތިހާބު ޔަގީން ވާނެއެވެ.
އެހެންވީމައި، ރައީސް ނަޝީދުގެ ބިދޭސީ އެޖެންޑާއަކީ 2023 ގެ އިންތިހާބު ނޫންބާވައޭ އެބަ ހިތައް އަރައެވެ.
މަށަށް ހީވަނީ ރޯޔަލް ރޭޕް ކަންތަކުން މީހުން އަނބުރާލަން އަންނި ކުޅޭ ކުޅިގަނޑެއްހެން
މީނާ އުލެނީ ދިވެހިންގެ ހިތުގައި ފިތުނަފސާދަ އުފައްދަން. ދިވެހިންގެ ތެރޭގައި ހަމަނުޖެހުން އުފައްދައިގެން ވެރިކަން ދަމައިގަންނަަން.
ތީ ވަރަށް ރަނގަޅު ވާހަކައެއް. އަންނި އަށް ވެސް އެކަން އިނގޭނެ. އެ ކަމަކު އެ ގެރި މޯޑިގެ ބަސް އަހައިގެން އެމީހުނަށް ރައްވެހިކަން ހޯދައިދޭން އެއުޅެނީ. ސީދާ އަޅުވެތި ކުރުން. އެ އިންޑިއާ މީހުން ދިރި ނޫޅޭ ތަނެއް ދުނިޔެއަކު ނެތް. އެންމެ ފިނި ނޯތުޕޯލުގައިވެސް އުޅޭ. އަނެއް ކޮޅުން ގޮސް ހޫނު އެފްރިކާގެ ސަހަރާތެރޭގައިވެސް ބަނޑަހަ ޖަހައިގެން އުޅޭ. އުނގު ވިޔަފާރި ކުރުމާއި ހެއްދެވިހާ މުޑުދާރު އެތައް ކަމެއް ކުރުމުގައި. ދުވާ ކަރުވަހުންވެސް ނޯއްދަމާލާކަށް ކެރެނީކީނޫން. ބޮލެއް ދޮންނަނީކީ ނޫން. ފާޑެއްގެ މާ ބޮނޑިއެއް ބޮލުގައި އަޅައިގެން ކައިގެން އަތް ނުދޮވެ އުޅޭ މުޑުދާރު ބައެއްގެ ބަހަށް ހެއްލިގެން އަންނި އެއުޅެނީ.
ކޮބާ ޑޮލަރު ވިއްކަން އޭޓީއެމްތައް ކައިރީ އުޅޭ ބައިގަނޑު
މިޔުމުގައި އެއްބައި މަދުވޭ އެބަ. ޢެއީ މި ބިދޭސީން ރާއްޖޭގައި ހިންގާ ވިޔަފާރިތަކުގެ ވާހަކަ. އެހެރަ އިހުސާނު ފިހާރަ ހިންގާ ބިލްޑިންއާ ޔޫރޯ ސްޓޯރު ހިންގާ ބިލްޑިންގަކީވެވެސް ތިބުނާ ރަނާއެއް ހަދާފައި ހުރި ތަންތަން. އެ ރަނާގެ މާލޭގައި އެބަހުރި 10 އިމާރާތް. ފިހާރަތައް. ޑޮލަރު ވިއްކާ.
މަށަށް ހަމަ ހެވެނީ. ލިޔުންތެރިޔާއަށް ނޭނގުނު ދޯ އަންނިގެ ގޭމް. އަންނި އެ އުޅެނީ އެންމެން ގުއިރޯނުގައި ޖައްސާފައި ބިދޭސީން ފޮނުވާލަން.
އަންނި ބޭނުންވަނީ ލާރި. މިޙާރު ލައިލާ ވަރިކުރީމައި ލާރިއެއް ނެތް އެ ސޮރު އަތަކު. މި ހުރިހާ ދުވަހު ނިދީ ލައިލާ ދީފައި ހުންނަ އެޕާޓުމަންޓެއްގައި، ކަނީ ލައިލާ ދިނީމަ. އެކަމަކު ލަނީ އެހެންމީހަކު ދޭ އެއްޗެއް. އެހެންވީމާ އެސޮރު ހުންނާނީ ހުސްވެފައި. މޮޑީޖީ ކައިރިއަށް ޖެހިލީމަ ގރިގޮރު ކޮންޓޭނަރެއްވެސް ދިފާނެ.
ސަތޭކައިގެ ލިޔުމެއް. ވަރަަށް ސާފު މަންޒަރު. ވާން އުޅޭގިތްވެސް ސާފު. ސުވާލަކީ މިކަން ރައްޔިތުންނަށް ނޭނގިގެން މިއުޅެނީ ކީއްވެތޯ
ބަރާބަރު ވާހަކައެއް ތި ބުނީ ބްރޯ. ތި ނަޝީދަސް ނޭނގޭ މީ 2020 ކަމެއް. ހޭވެރިކަން ވީމައި އެނގޭނެ