ރާއްޖޭގެ ބޯޑަރު މިއަދު ހުޅުވާލުމާއެކު އެމްޕޮލޮއިމްންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ހާއްސަ ހުއްދައެއް ނަގަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުވިފައިވާ މުއްތަދުގައި ކޮންމެހެން ރާއްޖެ އަންނަން ޖެހޭ ފަރާތްތަށް ރާއްޖެ އައުމުގެ ކުރިން ހާއްސަ ހުއްދައެއް ހޯދަން ޖެހޭ ގޮތަށް ހަމަޖެހިފައިވާ އުސޫލު މިއަދުން ފެށިގެން ބާތިލް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެމްޕޮލޮއިމްންޓް އެޕްރޫވަލްގެ ދަށުން ރާއްޖެ އެތެރެވުމަށް ބޭނުންވާ ހާއްސަ ހުއްދަ މިއަދުން ފެށިގެން ހޯދަން ނުޖެހޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.
މީގެ ކުރިން ކޮވިޑު 19ގެ ހާލަތުގައި އަލަށް އެމްޕްލޯއިމަންޓް އެޕްރޫވަލް ހޯދައިގެން ވަޒީފާއަށް އަންނަ ފަރާތްތަކާއި ޗުއްޓީއަށް ދިއުމަށްފަހު އެނބުރި ވަޒީފާއަށް އަންނަ ފަރާތްތަކަށް ރާއްޖެ އެތެރެވެވޭނީ، އިކޮނޮމިކް މިނިސްޓްރީން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. އަދި އެ ހުއްދައަކީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވާ މުއްދަތުގައި ކޮންމެހެން ގެންނަންޖެހޭ ބިދޭސީންނަށް އެމްޕްލޯއިމަންޓް އެޕްރޫވަލްގެ އިތުރަށް ހޯދަންޖެހޭ ހުއްދައެއް ކަމަށް އޭރު ބުނެފައި ވެއެވެ.
ކޮވިޑް-19 ފެތުރެން ފެށުމާއެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މިދިޔަ މާޗް މަހުގެ 27 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު ވަނީ ބަންދުކޮށްފައެވެ. މިއަދު ބޯޑަރުތައް ހުޅުވާލި އިރު ވޭތުވެދިޔަ ދުވަސްތަކުގައި ހާއްސަ ބޭނުމަކަށް މެނުވީ ފްލައިޓެއް ބާއްވާފައެއް ނުވެއެވެ. މިއަދު ބޯޑަރު ހުޅުވާ ވެލާނާ އެއާޕޯޓުގައި ވަނީ ފުރަތަމަ ފްލައީޓި ޖައްސާފައެވެ. އެ ގޮތުން ފުރަތަމަ ޖެއްސި ފްލައިޓަކީ ގަތަރުގެ ފްލައިތޭޚެވެ. އެ ފްލައިޓުން 100 އަށް ވުރެ ޓޫރިސްޓުން ވަނީ ރާއްޖެ އައިސްފައެވެ.
މިއަދުން ފެށިގެން ހުއްދައަކާ ނުލައި ވޯކް ވިސާ އޮންނަ މީހުންނަށް ރާއްޖެ އެތެރެވެވޭނެއެވެ. އަދި ރާއްޖެ އަންނަ ހުރިހާ ގައުމ ެއްގެ ފަތުރުވެރިންނަށް ވެސް 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެއެވެ.