ވެށިފަހި މާލެ ޕްރޮޖެކްޓްގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ބޭނުންވާ ފަރާތްތަކުގެ އަތުގައި ލިޔެ ކިޔުމެއް ނެތިއްޔާ ނުވަތަ ކުރިން ދީފައިވާ ލިޔެ ކިޔުން ގެއްލިފައި ވާނަމަ އެ ހާލަތުގައި ހައުސިންގް މިނިސްޓްރީއަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ހައުސިންގް މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކޮށްގެން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ފްލެޓް ނުވަތަ ގޯތި ލިބުނު ކަމުގެ ލިޔުން ދިފައިވާ ފަރާތްތަކުގެ ތެރެއިން ލިޔުން ނެތި ނުވަތަ ގެއްލިފައިވާ ފަރާތްތަކަށް ކޮށްދެވޭނެ ކަމެއް ނެތް ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން ލިޔުމެއް ދީފައި އޮތް ކޮންމެ ފަރާތެއް ލިޔުން ހުށަހެޅުމަށް އަންގާފައިވާނެ ކަމަށާއި އަދި ލިޔުން ހުށަހެޅުމުން އެ ލިޔުމުގެ ސައްހަކަން ބެލުމަށްފަހު އެ ލިޔުމުގައި ބަޔާންކޮށްފައިވާ ގޮތަށް އަމަލުކުރަން ކޮމިޓްވެގެން ތިބި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ލިޔުން ގެއްލިފަ އޮވެއްޖިއްޔާ އެކަން ދެއްކޭނެ ގޮތެއް ނެތިްޔާ ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އަދި މިހެން ކަން ދިމާވެފައި ވަނީ ދައުލަތުގެ ތެރޭގައި ހުރި މައްސަލއަކާ ގުޅިގެން ކަމަށާއި ވެށިފަހި މާލޭގެ ލިޔެކިޔުންތައް ދައުލަތުގެ ތެރޭގައި ހުރީ ކޮންތާކުކަން އެނގޭ މީހަކު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދައުލަތުގައި ހުރި ލިޔެކިޔުންތައް ގެއްލުނީ ކިހިނެއްކަމެއް އަދި އެ ލިޔުންތައް ކުރީ ވަކި ކޮން ބައެއްކަން ނޭނގޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ވެށިފަހި މާލޭގެ ލިޔެކިޔުންތައް ސަރުކާރުގެ ތެރޭގައި ފެންނަން ނެތުމަކީ ވަރަށް ހިތާމަހުރި ކަމެއް ކަމަށް މިނިސްތާރު ވިދާޅުވިއެވެ. އަދި މިއީ ތަހުގީގެއް ކޮށްގެން ރަނގަޅަށް ބަލަންވެސް ޖެހޭ ޒާތުގެ މައްސަލައެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބޯހިޔާވަހިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން އަސްލަމް ވިދާޅުވެފައި ވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި 98 ޝަކުވާއެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށާއި އޭގެ އިތުރުންވެސް ޝަކުވާތައް އައިސްފައި ހުރި ކަމަށާއި 160 އާ ގާތްކުރާ އަދަކަކަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
ވެށިފަހި މާލެ ޕްރޮގްރާމަށް 507 ފަރާތެއް މާލެއިން ބިން ދޫކޮށްލާ ގޮތަށް މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ ކަަމަށާއި 245 ފަރާތަކަށް މާލެއިން ބިން ދޫކޮށްލާ ގޮތަށް ހުޅުމާލެއިން ބިން ލިބިފައިވާ ކަމަށާއި 101 ފަރާތެއް އަރަބިއްޔާ އަދި ގާކޮށި ފްލެޓަށް ވަދެފައިވާ ކަމަށާއި 98 ފަރާތަކަށް ހުޅުމާލެއިން ފްލެޓްތަކަށް ވަދެވުނު ކަމަށް މިނިސްޓަރު އޭރު ވިދާޅުވެފައި ވެއެވެ.
ކޮން ވައްކަމެއް ކުރަންތަ މީނަ މިތެޅެނީ މިހާރު. ނިމިނިމުނު ކަންތަކެއްގެ ވާހަކަ ނަގައިގެން ބައިމީހުންނަށް ބިންތައް ބަހަންނު ތިއުޅެނީ. ހުރި ނުބައިކަން ދެކިބަލަ. މަރުވާނެކަންވެސް މިމީހުނަށް ނޭނގެނީބާ!
ވެށިފަހި ޕްރޮގްރާމްގެ ދަށުން އިއުލާން ކުރީ 250 ގޯތި. އެގޯތިތަށްވަނީ ދީފާ. ބިން ދޫކޮށްލާގޮތަށް ފްލެޓް ލިބުންމީހުންނަށް ފްލެޓްހަމަނުޖެހި ވަންޏާ ފްލެޓް ދޭންވާނީ. 250 ގޯތި އަށް ވުރެން އިތުރަށް ލިޔުން ދީފައިވާނަމަ އެއީ އަސްލަމްމެން ހިންގައިފައިވާ ޖަރީމާއެއް. އެމައްސަލަ ބަލަންޖެހޭނެ. އިތުރު އެއްވެސް ލިއުމެއް އޮވެގެން ނުވާނެ ގޯތިދޭކަށް. ގޯތި ދޭންބޭނުމިއްޔާ އަލުން އިއުލާން ކުރަންޖެހޭނީ.