ސ. ހިތަދޫގައި ހުރި ފްލެޓެއްގެ 3 ވަނަ ފަންގިފިލާއިން 2 އަހަރުގެ ކުޑަ ކުއްޖަކު ވެއްޓި ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކުއްޖާ ގެންގޮސްފައި ވަނީ އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށެވެ.

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ ޝަރަފު ސާދާތުއާ ހަވާލާދީ އޮންލައިން ނޫހަކުން ބުނީ ފްލެޓު އިމާރާތުގެ 3 ވަނަ ފަންގި ފިލާއިން ވެއްޓުނު ކުއްޖާއަށް ފަރުވާ ދެމުން އަންނަ އިރު އެކުއްޖާގެ ބޭރުފުށުން އަނިޔާއެއް ފެންނަން ނެތްކަމަށެވެ. އަދި މިހާރު އެތެރެހައްޓަށް ލިބިފައިވާ ގެއްލުން ބެލުމަށް ސީޓީ ސްކޭނެއް ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބިފައި ނުވާއިރު ފުލުހުން އެކަން ބަލަމުން ދާ ކަމަށް ވަނީ ބުނެފައެވެ.