ސީއެސްސީގެ ނައިބު ރައީސް ކަމުގެ މަގާމުން ޝާހިދު މުހައްމަދު އިސްތިއުފާދީ، އެ ކޮމިޝަނުގެ މެންބަރު އިބްރަހީމް ޝަހީގު މަގާމުން ވަކިކޮށްފިއެވެ.

ސީއެސްސީގެ ރައީސް، ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދާއި އިތުރު ދެ މެންބަރަކު ހިމެނޭ ގޮތަށް ހަތަރު މެންބަރުން މަގާމުން ވަކިކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމައި އެކުލަވާލި ރިޕޯޓު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ކުރިއަށް ގެންގިސްފައެވެ.

މި ފަރާތްތައް މަގާމުން ވަކިކުރުމަށް މަޖިލީހުގައި އެޖެންޑާ ކޮށްފައި ވަނިކޮށް، އެ ކޮމިޝަނުގެ ރައީސް، ޑރ. އަލީ ޝަމީމާއި ނައިބު ރައީސް ޝަހީދު މުހައްމަދުގެ އިތުރުން، މެންބަރު ޒަކަރިއްޔާ ހުސެއިން ވަނީ މަގާމުން އިސްތިއުފާ ދީފައެވެ. އެހެންކަމުން ވަކިކުރަން މަޖިލީހަށް ވޯޓަށް އަހަން ޖެހުނީ އެންމެ މެންބަރެއްގެއެވެ. އެއީ މެންބަރު ޝަހީގެވެ.

ސީއެސްސީން ބޭރުކުރި 4 މެންބަރުން

މެންބަރު ޝަހީގު މަގާމުން ވަކިކުރުމަށް، 48 މެންބަރުން ވޯޓު ދެއްވާފައިވާއިރު، 1 މެންބަރަކު ވަނީ ވަކި ގޮތަކަށް ވޯޓު ދެއްވަން ބޭނުން ނުވާ ކަމަށް ވޯޓުދެއްވާފައެވެ.

ޝަމީމާއެކު އެ ކޮމިޝަނުގެ 4 މެންބަރަކު މަގާމުން ވަކި ކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ވަނީ މިިދިޔަ މަހު 29 ގައި ނިންމާފައެވެ. އެ ހަތަރު މެމްބަރުންގެ އިތުރުން ކޮމިޓީގެ މެމްބަރު ފާތިމަތު އާމިރާ މަގާމުން ވަކިކުރުމުގެ މައްސަލަ ވެސް ކޮމިޓީއިން ކުރިއަށް ގެންދިޔައެވެ. ނަމަވެސް މައްސަލައަށް ޖަވާބުދާރީ ވުމުގެ ގޮތުން އާމިރާ މަޖިލީހަށް ފޮނުވި ސިޓީއަކާއެކު، އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކޮމެޓީން ވަނީ ނިންމާފައެވެ.